
ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ. ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައިވަނީ ހިފާފައިވާ ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އަދި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ އެކި މުޢާޙަދާތަކާއި ޚިލާފަށް އިސްރާއީލުން ހިންގަމުންދާ އެކި ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުގެ އެފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ ސަބަބުން އިންސާފު ޤާއިމުކުރުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅޭދާކަމަށާއި ދެދައުލަތް އުފެއްދުމަށް ކުރަމުންދާ މަސައްކަތަށްވެސް އިތުރު ހުރަސްތަކެއް ކުރިމަތިވަމުންދާކަމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ފާހަގަކުރައްވާފައެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައިވަނީ ޤާނޫނީ އަދި އިންސާނީ ހަމަތަކާއި ޒިންމާ އަދާކުރުމަށް އަދި އިންސާފަށް މަސައްކަތްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އެގޮތުން އިސްރާއީލުން ފަލަސްޠީނުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ދިވެހި ސަރުކާރުންވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ. އެގޮތުން އިސްރާއީލުގެ ކެބިނެޓުން ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ 19 ސަރަޙައްދެއްގައި ޔަހޫދީން ވަޒަންވެރިކުރުމަށް ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކުރާކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ބަޔާނުގައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހީން ތިބި ތިބުން އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްގުތައް ކަށަވަރުކުރުމަށާއި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދިވެހީން އަބަދުވެސް ސާބިތުވެ ތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެކަނި ވެސް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ޔަހޫދީ ވަޒަންވެރިންގެ ފަރާތުން 264 ޙަމަލާ އަމާޒުވެފައިވެއެވެ. އެއީ މިހާތަނަށް އެއް މަސް ދުވަހުގެ ތެރޭގައި ޙަމަލާ ދީފައިވާ އެންމެ ގިނަ ޢަދަދެވެ.
ހުޅަނގު އައްސޭރީގައި އައު ގެތައް އަޅަން ފެށުމުން އެ ސަރަޙައްދުތަކުގައި ނުތަނަވަސްކަން އިތުރުވެ، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެެއްލޭނެ ކަމަށް ބެލެވެއެވެ. ފަލަސްޠީނުގެ ހައްޤުގައި ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުން ދަނީ އިތުރު ގެތައް އެޅުމަށް ނިންމާފައިވާ ނިންމުމަކީ ސަރަޙައްދީ ޞުލްޙައަށް ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭ ކަމެއް ކަމަށް ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
