
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އަފްޣާނިސްތާނުގައި ކާޑުބަލި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް އެދެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްނުދެވޭ ފަދަ ޙާލަތެއް އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ކުރިމަތިވެފައިވާ ކަމަށް އދގެ ކާބޯތަކެއްޗާއިބެހޭ ޕްރޮގްރާމް، ޑަބްލިޔުއެފްޕީން ބުނެފިއެވެ. ޑަބްލިޔުއެފްޕީން ބުނީ މި އަހަރުގެ ފިނި މޫސުމުގައި ބަނޑުހައިހޫނުގެ ސަބަބުން އަފްޣާނިސްތާނުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 2021ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފޭބި ފަހުން އަދި ޠާލިބާނުން އެ ޤައުމުގެ ހިންގުމާ ޙަވާލުވި ފަހުން އަފްޣާނިސްތާނަށް ލިބެމުންދާ ބައިނަލްއަޤްވާމީ އެހީތެރިކަން ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ބިންހެލުންފަދަ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އަފްޣާނިސްތާނުގެ ޙާލަތު ގޯސް ނަމަވެސް މި އަހަރުގެ ފިނި މޫސުމުގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޑަބްލިޔުއެފްޕީއަށް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އަފްޣާނިސްތާނުގައި ނާޒުކު ޙާލަތުގައި ތިބި ހަ މިލިއަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 460 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. ޑަބްލިޔުއެފްޕީގެ ޑިރެކްޓަރެއް ކަމަށްވާ ޖޮން-މަހްތާން ބައުއާ ވިދާޅުވީ ޑަބްލިޔުއެފްޕީއަށް ބޭނުންވާ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ އެންމެ 12 އިންސައްތަ ކަމަށެވެ. މިއިން ޒަމާނަކު އިތުރު ނުވާ މިންވަރަށް އަފްޣާނިސްތާނުގައި ކާޑުބަލި ތަޙައްމަލް ކުރަމުންދާ ކުޑަކުދިންގެ ޢަދަދު އިތުރުވެފައިވާއިރު، ކުރިން އުންމީދު ކުރެވުނު ގޮތާ ޚިލާފަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބުން މަދުވުމަކީ ޟަރޫރީ ބޭނުންތައް ފުއްދައިދިނުމަށާއި ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް އެ އިދާރާއިން ބުނެއެވެ.
ޑަބްލިޔުއެފްޕީން ބުނީ އަފްޣާސްނިތާނުގައި 17 މިލިޔަން މީހުން ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލައިއިރު ތިން މިލިޔަން މީހުން އިތުރު ޢަދަދެކެވެ. އެ ޢަދަދު ބޮޑުތަނުން އިތުރުވީ އީރާނާއި ޕާކިސްތާނުގައި ދިރިއުޅެމުންދިޔަ އަފްޣާނިސްތާނުގެ އެތައް މިލިޔަން ރައްޔިތުންނެއް ޤައުމަށް އަނބުރާ ފޮނުވައިލުމާ ގުޅިގެންނެވެ. އެ ޤައުމުގެ 3.7 މިލިޔަނަށްވުރެ ގިނަ ކުޑަކުދިން ކާޑުބަލި ތަޙައްމަލް ކުރަމުންދާއިރު 1 މިލިޔަން ކުދިންނަކީ ޙާލަތު ވަރަށް ގޯސް ކުދިން ކަމަށް އެ އިދާރާއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
