
ފްރާންސްގެ ފޯވަޑް ކީލިއަމް އެމްބާޕޭ އަށް 60 މިލިއަން ޔޫރޯ ބަދަލެއްގެ ގޮތުގައި ދޭން ފްރާންސްގެ ޕެރިހގެ ލޭނާ ކޯޓުން އޭނާގެ ކުރީގެ ކުލަބު ޕީއެސްޖީގެ މައްޗަށް އަމުރުކޮށްފި އެވެ. މި ގޮތަށް ނިންމީ ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓާ ހިލާފުވި ކަމަށް ބުނެ ބަދަލުގެ ގޮތުގައި 263 މިލިއަން ޔޫރޯ ދިނުމަށް އޭނާގެ ހުށަހެޅި މައްސަލަ ބެލުމަށފަހު އެވެ. މި މައްސަލަ އެމްބާޕޭ ކޮޅަށް ނިމުނުއިއިރު އޭނާ ކޮންޓްރެކްޓާ ހިލާފުވެފައިވާ ކަމަށް އޭގެ ބަދަލު ހޯދުމަށް ޕީއެސްޖީން 240 މިލިއަން ޔޫރޯ ހޯދަން އެދި ހުށަހެޅި މައްސަލަ އަދި ކޯޓުގައި އެބައޮތެވެ.
އުމުރުން 26 އަހަރުގެ ފޯވަޑާއި ޕީއެސްޖީއާ ދެމެދު މައްސަލަ ޖެހުނީ ޕީއެސްޖީ ދޫކޮށް އޭނާ ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމުމާ ގުޅިގެންނެވެ. ހިލޭ ޓްރާންސްފާއެއްގައި މީގެ ދެ ސީޒަން ކުރިން އޭނާ ރެއާލް މެޑްރިޑަށް ބަދަލުވިއިރު އެކަންކޮށްފައިވަނީ ޕީއެސްޖީ އަށް ސިއްޔިރާތުގައި ކަމަށް އެ ކުލަބުން ބުނެ އެވެ. އަދި މިއީ އޭނާ ކުލަބަށް ވަފާތެރިނުވުން ކަމަށް ބަލައި އެ ކުލަބުން އޭނާ އަށް ތަފާތު އަދަބުތައް ދީފަ އެވެ. މީގެ ތެރޭގައި ކުލަބަށް ވަފާތެރިވުމުން ދޭން ޖެހޭ ބޯނަސް ނުދިނުމާއި ތިން މަހުގެ މުސާރަ ހިފެހެއްޓުމާއި ޓީމަށް ނާރުވައި ބާކީކޮށްފައި ބެހެއްޓުން ފަދަ ކަންކަން ހިމެނެ އެވެ.
ޕީއެސްޖީގެ މައްޗަށް އަމުރުކުރި އަދަދުގެ ފަސްބައި ކުޅަ އެއްބައި ކޯޓުން ވަނީ ވަގުތުން އެމްބާޕޭ އަށް ހޯދައިދީފަ އެވެ. މީގެ އިތުރުން ޕީއެސްޖީން ވަނީ އެ ކުލަބުން އޭނާ 2023 ވަނަ އަހަރު ސައޫދީ އަރަބިއާގެ އަލް ހިލާލަށް 300 މިލިއަން ޔޫރޯ އަށް ވިއްކާލަން ކުރި މަސައްކަތް ކުޅުންތެރިޔާގެ ސަބަބުން ކާމިޔާބު ނުވި ކަމަށް ބުނެ އެކަމުގެ ބަދަލު ވެސް ހޯދަން އެދިފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
