
ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އަކީ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިން ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)އިން ވެސް ނިންމައިފި އެވެ. މިކަން އިއުލާނުކޮށް އެ ދެ ކުޅުންތެރިންނަށް ފީފާގެ ދަ ބެސްޓް އެވޯޑް ދިނީ ރޭ ގަތަރުގައި ބޭއްވި ފީފާ އެވޯޑް ހަފުލާގަ އެވެ.
އުމުރުން 28 އަހަރުގެ ޑެމްބެލޭ އަކީ ހުސްވި ސީޒަނުގެ ބަލޮންޑޯ އެވޯޑް ވެސް ހާސިލް ކުރި ކުޅުންތެރިޔާ އެވެ. ކުރިން ބާސެލޯނާއި ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅުނު ފޯވަޑް ވަނީ ހުސްވި ސީޒަނުގައި ޕީއެސްޖީ އަށް ފްރެންޗް ކަޕާއި ފްރެންޗް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 53 މެޗުގައި 51 ގޯލު ޖަހައިފަ އެވެ.

ސްޕޭނުގެ ގައުމީ ޓީމަށް ކުޅެނިކޮށް ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަންކޮށް، މިވަގުތު ކުޅުމާ ދުރުގައި ހުރި ބޮންމާޓީ އަކީ ފީފާ ދެ ބެސްޓް އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދި ކުޅުންތެރިޔާ އެވެ. ތިން ވަނަ ފަހަރަށް އޭނާ މި މަގާމު ހޯދި އިރު ބޮންމާޓީ އަކީ އަންހެން ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ ތިން އަހަރު ބަލޮންޑޯ އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ދެ ތަށި ކާމިޔާބުކޮށްދީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
