
ހުސްވި ސީޒަނުގައި ދުނިޔޭގެ ޑްރީމުގެ ގޮތުގައި ފީފާއިން ހޮވި ފިރިހެން ޓީމު ފްރާންސްގެ ޕީއެސްޖީ އަދި އަންހެން ޓީމު ސްޕޭނުގެ ބާސެލޯނާއިން ލީޑް ކޮށްފި އެވެ. ފިރިހެން ޓީމުގައި ޕީއެސްޖީގެ ހަ ކުޅުންތެރިން އަދި އަންހެން ޓީމުގައި ބާސެލޯނާގެ ހަތް ކުޅުންތެރިއަކު ވަނީ ހިމަނައިފަ އެވެ. ފިރިހެން ޓީމުގެ ގޯލްކީޕަރަކީ ޕީއެސްޖީ އަށް ކުޅުމަށްފަހު މެންޗެސްޓާ ސިޓީ އަށް ބަދަލުވި ޖިއާން ލުއިޖީ ޑޮންނަރޫމާ އެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ފީފާއިން ހޮވި އެންމެ މޮޅު ގޯލްކީޕަރެވެ. ޑިފެންޑަރުންގެ ގޮތުގައި ހިމަނާފައިވަނީ ޕީއެސްޖީގެ އަޝްރަފް ހަކީމީ އާއި ވިލިއަން ޕަޗޯ އާއި ނޫނޯ މެންޑޭޒްގެ އިތުރުން އިނގިރޭސި ޗެމްޕިއަން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކެވެ.
މިޑްފީލްޑަރުންގެ ގޮތުގައި ހިމަނާފައިވަނީ ޕީއެސްޖީގެ ވިޓީނިއާ އާއި ކުލަބު ވޯލްޑް ކަޕާއި ކޮންފަރެންސް ލީގު ކާމިޔާބު ކުރި ޗެލްސީގެ ކޯލް ޕަލްމާ އާއި ބާސެލޯނާ އަށް ތިން ތަށި ހޯދައިދިން މިޑްފީލްޑަރު ޕެޑްރީ އާއި ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމެވެ. ފޯވަޑުންގެ ގޮތުގައި ހިމަނާފައިވަނީ ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޕީއެސްޖީގެ އޮސްމާނޭ ޑެމްބެލޭ އާއި އޭނާއާ އެންމެ ގާތުން ވާދަ ކުރި ބާސެލޯނާގެ 18 އަހަރުގެ ފޯވަޑް ލަމީން ޔަމާލެވެ. އޭނާ އަކީ ހުސްވި ސީޒަނުގައި ބާސެލޯނާގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އަންހެން ޓީމުގެ ގޯލްކީޕަރަކީ އިނގިރޭސިންނަށް ޔޫރޯ ކާމިޔާބުކޮށްދިން ކީޕަރު ހަނާ ހެމްޓަން އެވެ. ޑިފެންޑަރުންނަކީ ޗެލްސީގެ ލޫކީ ބްރޯންޒް އާއި އާސެނަލް އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ލިއާ ވިލިއަމްސަން އާއި ބާސެލޯނާގެ އިރޭނާ ޕަރެޑޭސް އާއި ބާސެލޯނާގެ އޮނާ ބަޓްލޭ އެވެ. މިޑްފީލްޑަރުންނަކީ ހުސްވި އަހަރުގެ ބަލޮންޑޯ އެވޯޑާއި ފީފާގެ އެވޯޑް ވެސް ހާސިލްކުރި ބާސެލޯނާގެ އައިޓާނާ ބޮންމާޓީ އާއި އެ ޓީމުގެ ޕަޓްރިކާ ގުއިޖާރޯ އާއި ކެޕްޓަން އެލެޒިޔާ ޕުޓެޔާސް އެވެ. ފޯވަޑުންނަކީ ބާސެލޯނާގެ ކްލައުޑިއާ ޕިނާ އާއި އާސެނަލްގެ އެލެސޮއާ ރުސޯ އާއި މަރިއާނާ ކަލްޑަންޓޭ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
