
ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ދެ ކޯޗުންނަކީ ލުއިސް އެންރީކޭ އާއި ސަރީނާ ވިއެގްމަން ކަމަށް ނިންމައި އެވޯޑް ދީފި އެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ގޯލްކީޕަރަކީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނު ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ އެވެ. މި ސީޒަނުން ފެށިގެން އިނގިރޭސިވިލާތުގެ މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ކީޕަރު ވަނީ ހުސްވި ސީޒަނުގައި ފްރާންސްގެ ޕީއެސްޖީ އަށް ފްރެންޗް ކަޕާއި ފްރެންޗް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެ ޓީމު ކުލަބު ވޯލްޑް ކަޕުގެ ފައިނަލަށް ގެންގޮސްދިނުމުގައި އިޓަލީގެ ގޯލްކީޕަރު ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ލުއިސް އެންރީކޭ އަކީ ޕީއެސްޖީގައި ޑޮންނަރޫމާ އަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން ކޯޗެވެ. މިދިޔަ ސީޒަނުގައި އޭނާގެ ކޯޗުކަމުގެ ދަށުން ޕީއެސްޖީ ހޯދި ކާމިޔާބީ އަކީ މިހާތަނަށް އެ ޓީމަށް އެހެން އެއްވެސް ކޯޗަކަށް ހޯދައިދެވުނު ކާމިޔާބީ އެއް ނޫނެވެ. ސަރީނާ ވިއެގްމަން ވަނީ ހުސްވި ސީޒަނުގައި އިނގިރޭސި ގައުމީ ޓީމަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްދީފަ އެވެ. އެންމެ މޮޅު އަންހެން ގޯލްކީޕަރަކީ އިނގިރޭސިންނަށް ޔޫރޯ ކާމިޔާބުކޮށްދިން ކީޕަރު ހަނާ ހެމްޓަން އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
