
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ލަންކާ ލަޔަންސް ޓީމުން އިންތިޒާމުކޮށްގެން “ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025” ގެ ނަމުގައި އެއް ދުވަހުގެ ފުޓްސަލް މުބާރާތެއް މާލޭގައި ބާއްވައިފިއެވެ. ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޒްވީ ހަސަން ވަނީ މި މުބާރާތުގެ މެޗުތައް ބައްލަވާލައްވާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.
މި މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވެއެވެ. އެ ޓީމުތަކުގައި ސްރީލަންކާ، ބަނގްލަދޭޝް ނޭޕާލް އަދި އިންޑިއާ ރައްޔިތުން ހިމެނެއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފްރެންޑްސް ކުލަބު އޭ ޓީމުންނެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ޓްރޮފީއާއެކު ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ލަންކާ ލަޔަންސް ބުލޫ ޓީމުންނެވެ. ވަރަށް ވާދަވެރިކޮށް ދިޔަ ފައިނަލް މެޗު ފްރެންސް ކުލަބު އޭ ޓީމުން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔައީ މިދިޔަ ހުކުރު ދުވަހު މާފަންނު ޓާފްގައެވެ. މި މުބާރާތް އިންތިޒާމުކުރި ލަންކާ ލަޔަން ޓީމުން ބުނީ މިއީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ މަގްސަދުގައި ރޭވި ހަރަކާތެއް ކަމަށެވެ. އަދި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ރާއްޖޭގެ ކުޅިވަރު ވަޒީރާއި ލަންކާ ސަފީރު ވަޑައިގެންދެއްވިކަމީ ރާއްޖޭގެ ބިދޭސީ ކޮމިއުނިޓީއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ކުރިޔަށް އޮތްތަނުގައިވެސް ލަންކާގެ ރައްޔިތުން މިފަދަ ހަރަކާތްތައް މާލޭގައި ރާވާނެ ކަމަށާއި، މިފަދަ ހަރަކާތްތަކުގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ލަންކާ ލަޔަންސް އިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
