
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ލީގުގައި އެންމެ ފަހުން ކުލަބު ވެލެންސިއާ ކުޅުނު މެޗުގައި އައު ކުޅުންތެރިއަކު ގުޅުމާއެކު ކުރިއެރުން ފެނިގެން ދިޔަ ކަމަށް އެކުލަބުގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން ވެލެންސިއާއިން ނިކުތީ ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. އެ މެޗުގައި ނިއުރޭޑިއަންޓުން ވަނީ 3-1 ލަނޑުން ވެލެންސިއާގެ މައްޗަށް ކުރި ހޯދާފައެވެ. އެ މެޗުގައި ވެލެންސިއާއާ އަލަށް ގުޅުނު ޑިފެންސިވް މިޑްފީލްޑަރ އުރުގުއާއީގެ އަމަޓިއަސް މާޓިނޭޒް ވަނީ މެޗުގަ ފުރަތަމަ އެގާރައިގެ ތެރޭގައި ހިމެނިގެން މެޗު ފުރިހަމަކޮއްފައެވެ. އެ މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ވެލެންސިއާގެ ކޯޗު މުޖުތަބާ ބުނީ ވެލެންސިއާގެ އުންމީދަކީ ކުރިޔަށް އޮތް މެޗުތަކުގައި އެ މެޗަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުން ކަމަށެވެ. ވެލެންސިއާގެ ޒުވާން ކުޅުންތެރިންނާ ދެކޮޅަށް ނިކުތް އެމެޗުގައި ނިއުއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މުޖުތަބާ ބުނީ ވެލެންސިއާގެ ހުރިހާ ކުޅުންތެރިންވެސް އެ މެޗުގައި ކުރި މަސައްކަތަށް ސާބަސްދޭ ކަމަށެވެ. ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި ދުވަހެއްގެ ގޮތުގައި ފެނުނު ކަމަށާއި، އެހެންނަމަވެސް ޒުވާން ސްކޮޑަކަށްވެފަ ތަޖުރިބާ މަދުވުމުގެ ސަބަބުން ގޯސްތަކެއް ހެދޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. މެޗުގައި ނިއުއިން ޖެހި ފުރަތަމަ ލަނޑަކީ ވެލެންސިއާ އަށް ހެދުނު ބޮޑު ގޯހަކުން ވަތް ލަނޑެއް ކަމަށް މުޖުތަބާ ބުންޏެވެ. “ފުރަތަމަ ގޯލުވެސް އައީ ހަމަ ބޮޑު މިސްޓޭކަކުން. މިސްޓޭކެއް ނުހެދެންޔާ ގޯލެއް ނުވެސް ވަންނާނެ. އެކަމު މީ ހެދެންޖެހޭ ވަރުގެ މިސްޓޭކަށްކަށްވުރެ ބޮޑެތި މިސްޓޭކުތަކެއް ހެދިގެން މިއަދު މިނަތީޖާ ނިކުތީ” ކޯޗު ބުންޏެވެ. ވެލެންސިއާގެ ކޯޗު ބުނީ އެ ކުލަބު ބޭނުންވާ އަމާޒަށް ގެންގޮސްދޭނެކަމުގެ 100 ޕަސެންޓް އިތުބާރު ހުރިހާ ކުޅުންތެރިންނަސްވެސް އެބައޮތް ކަމަށެވެ.
ވެލެންސިއާއާއި ނިއުރޭޑިއަންޓް ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ނިއު ރޭޑިއަންޓުންނެވެ. ލީގުގައި ދެން ވެލެންސިއާއަށް އޮންނާނީ ކުލަބު ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅެން ޖެހޭ މެޗެވެ. ޕޮއިންޓު ތާވަލުގައި ވެލެންސިއާ އޮތީ ހަތް ޕޮއިންޓާއެކު ތާވަލުގެ 8 ވަނައިގައެވެ. ކްލަބު ވެލެންސިއާއިން ވަނީ މި ޓްރާންސްފާ މުއްދަތުގައި ބިދޭސީ ދެ ކުޅުންތެރިން ގެނެސްފައެވެ. އޭގެތެރޭގައި ނިއު އާއި ދެކޮޅަށް ކުޅުނު މެޗުގައި ފެނިގެން ދިޔަ އުރުގުއާއީގެ މިޑްފީލްޑަރުގެ އިތުރުން ފްރާންސްގެ 32 އަހަރުގެ ފޯވަޑް ސްޓެފަން ބްލަންވަނީ އެޓީމާ ގުޅިފައެވެ.
ވެލެންސިއާއިން މި ސީޒަން ފެށީ ސްޕެއިންގެ ފޯވަޑް އަބޫބަކުރު ބޫސާ ސިއްލާ ގޮވައިގެންނެވެ. ރާއްޖެ އައިއިރުވެސް އަނިޔާގައި ހުރި ކުޅުންތެރިޔާއަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުމުން އޭނާ ވަނީ ފޮނުވާލާފައެވެ. އަދި އެ ޓީމަށް ކުޅުނު އުޒުބަކިސްތާން ޑިފެންޑަރު ޑަވްރަންބެކަށްވެސް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ އޭނާވެސް ވަނީ ފޮނުވާލާފައެވެ. އަލަށް ގުޅުނު ދެ ކުޅުންތެރިންނާއި މަލްޑޯވާގެ ކީޕަރަކާއި މިސްރުގެ ޑިފެންޑަރު މޫސާ ބަސެލް އާއިއެކު ޖުމްލަ ހަތަރު ބިދޭސީން ކުޅުންތެރިން މިހާރު ވެލެންސިއާގައި އެބަތިއްބެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
