
(ފޮޓޯ ކްރެޑިޓްސް: އިމިގްރޭޝަން)
ޤަވާއިދާއި ޚިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް އިޤްތިޞާދީ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 37 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް”ގެ ނަމުގައި ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަދި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފަސްކުރަމުންނެވެ.
އެ ޓާސްކްފޯހުގެ މަސައްކަތްތަކުގެ ތަފްސީލް ހާމަކޮށް، އިޤްތިޞާދީ ވުޒާރާއިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 29 އިން މިމަހުގެ 15 އާއި ހަމައަށް ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުޅޭ 252 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ބަލައި ފާސްކުރަން ކުރަމުންދާ މަސައްކަތް
* ލިބުނު ޝަކުވާ – 252
* ބަލައި ފާސްކުރި ވިޔަފާރިތައް – 98
ބަންދުކުރި ވިޔަފާރިތައް – 37
މީގެ ތެރެއިން އެކި ޤާނޫނުތަކާއި ޚިލާފުވެގެން ބަންދުކުރި ވިޔަފާރިތައް ހިމެނެއެވެ. މިގޮތުން ސީދާ އިޤްތިޞާދީ ވުޒާރާއި ގުޅޭ ޤާނޫނުތަކާއި ޚިލާފުވެގެން 25 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އެވުޒާރާއިން ހާމަކުރެއެވެ. އަދި އެހެން ޤާނޫނުތަކާއި ޚިލާފުވެގެން 12 ވިޔަފާރިއެއް ބަންދުކޮށްފައިވެއެވެ. އިޤްތިޞާދީ ވުޒާރާއިން ވިދާޅުވީ، ޤަވާއިދާއި ޚިލާފަށް ހިންގި ވިޔަފާރިތަކުގެ ތެރެއިން ޤަވާއިދާއި އެއްގޮތަށް ކަންކަން އިސްލާޙު ކުރުމުން 08 ވިޔަފާރިއެއް އަލުން ހުޅުވުމަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
އިޤްތިޞާދީ ވުޒާއިން ވަނީ، މީގެ ކުރިން ދިވެހިން ނިވާފަތްގަނޑަކަށް ހަދައި، ބިދޭސީން ހިންގާ ވިޔަފާރިތަށް ދެނެގަތުމަށް ތަހުޤީޤީ އިދާރާތަކާއިއެކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާއިރު، އިޤްތިޞާދީ ވުޒާރާއިން ވަނީ ރިޕޯޓު ކުރުމުގައި ފުރިހަމަ އަދި ސައްޚަ މައުލޫމާތު ފޯރުކޮށްދިނުމަށް ޢިލްތިމާސްކޮށްފައެވެ. މިކަމުގައި މިހާތަނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އެ ވުޒާރާއިން ވަނީ، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ޢިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެވުޒާރާގެ ހޮޓްލައިން ނަންބަރު 3333199 އަށް ރިޕޯޓް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެެއްގައި ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
