
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމުގެ ތެރެއިން ހިންގާފައިވާ ހަނގުރާމައިގެ ކުށްތައް ދެނެގަތުމަށް ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އައިސީސީ)ން ކުރަމުންދާ ތަޙުޤީޤާ ގުޅޭ ޙުކުމް ޔަހޫދީން އިސްތިއުފާނު ކުރުމުން، އެ ކޯޓުން އެ މައްސަލަ ބޭރު ކޮށްލައިފިއެވެ. ޔަހޫދީން އިސްތިއުނާފު ކޮށްފައި ވަނީ، ޤަތުލުޢާންމުގެ ތެރެއިން ހަނގުރާމައިގެ ކުށްތައް ހިންގާފައިވާ ކަމަށް ކަނޑައަޅައި، އައިސީސީގެ ދަށު ކޯޓުން ކޮށްފައިވާ ޙުކުމެވެ.
އެ ޙުކުމާ އެކު، އައިސީސީން ވަނީ ޒަަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި، ކުރީގެ ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ހައްޔަރު ކުރުމުގެ އަމުރެއް ވެސް ނެރެފައެވެ. އައިސީސީގެ ދަށު ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމުގައި ޔަހޫދީންގެ އަމާޒަކަށްވީ، އަނިޔާވެރި ނަތަންޔާހޫއާއި ގަލާންތާ ދެކޮޅަށް ނެރެފައިވާ އަމުރު ބާޠިލު ކުރުވުމެވެ. ނަމަވެސް، އައިސީސީން ވަނީ ޔަހޫދީންގެ އިސްތިއުނާފު ބޭރުކޮށް، ޤަތުލުޢާންމުގެ ތެރެއިން ހިންގާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ތަޙުޤީޤު ދެމެހެއްޓުމަށް ނިންމާފައެވެ. އަދި، ނަތަންޔަހޫއާއި ގަލާންތު ހައްޔަރު ކުރުމުގެ އަމުރު ދެމެހެއްޓުމަށް ވެސް ނިންމާފައެވެ.
ޔަހޫދީން ވަނީ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. ޒަޔަނިސްޓު ދައުލަތުގެ ޚާރިޖީ ވަޒީރު ބުނީ، ކޯޓުގެ މެންބަރު ކަން ނެތް ޤައުމުތަކުގެ ސިޔާދަތީ މިނިވަން ކަން އެ ކޯޓުން ބަލައިނުގަންނަ ކަން، ނިންމުމުން ސާފުވެގެން ގޮސްފައިވާ ކަމުގައެވެ. ނަތަންޔާހޫއާ ދެކޮޅަށް އައިސީސީން މީގެ ކުރިން ނެެރެފައިވާ ޙުކުމާއި، ހައްޔަރު ކުރުމުގެ އަމުރު ބަލައިގަތުމަށް ވެސް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޣައްޒާގައި ޔަހޫދީން ހިންގި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 70,000ށް އަރައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 158,000ށްވުރެ މައްޗަށް އަރައެވެ. ޔަހޫދީންގެ ޤަތުލުޢާންމު “ނަމެއްގައި” މެދުކަނޑައިލާފައި ވަނީ، އޮކްޓޫބަރު 10ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަން ކުރާ ޙަމާސާ ދެމެދު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
