
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތަޤުރީރެއްގެ ވީޑިޔޯ އެޑިޓުކޮށްގެން ބްރޯޑްކާސްޓު ކުރި މައްސަލައިގައި 10 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަދަލެއް ހޯއްދެވުމަށް އިނގިރޭސިވިލާތުގެ ނޫސް މީޑިޔާ، ބީބީސީއާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މައްސަލަ ހުށަހަޅުއްވައިފިއެވެ. މައްސަލައިގައި ހިމެނޭ ވީޑިޔޯއަކީ 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހު ޓްރަމްޕް ދެއްވި ތަޤުރީރަކާ ގުޅޭ ވީޑިޔޯއެކެވެ. އެއީ، ޓްރަމްޕަށް ތާޢީދު ކުރާ މީހުން ހަމަނުޖެހުން ހިންގައި، އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގެ އިމާރާތް، ކެޕިޓަލަށް ޙަމަލާދީ، ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދިން ދުވަހެވެ.
ދިފާޢުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ކެޕިޓަލް އިމާރާތަށް ޙަމަލާ ދިނުމަށް ތަޤުރީރުގައި އޭނާ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައިވާ ކަމަށް ދޭހަވާ ގޮތަށް ބީބީސީން ތަޤުރީރުގެ ވީޑިޔޯ އެޑިޓުކޮށް، ބަދަލު ގެނެސްފައިވާ ކަމުގައެެވެ. އަދި، އެ ވީޑިޔޯ އެޑިޓުކޮށް، އެއަށް ބަދަލު ގެނެސްފައި ވަނީ ޓްރަމްޕްގެ އަގުވައްޓައިލުމުގެ ނިޔަތުގައި ކަމުގައި އޭނާ ތުހުމަތު ކުރައްވައެވެ. މި ކަމާ މެދު ބީބީސީން ވަނީ ޓްރަމްޕްގެ ކިބައިން މަޢާފަށް އެދިފައެވެ.
ކެޕިޓަލް އިމާރާތާ ދިމާލަށް މިސްރާބު ޖެހުމަށް، މުޒާހަރާގެ ބައިވެރިންނަށް ޓްރަމްޕްގެ ތަޤުރީރުގައި ގޮވައިލައްވާފައިވެއެވެ. އަދި، “މަރުވަން ދެން ހަނގުރާމަ ކުރުމަށް” ފަދަ މޭރުމަކުން އޭނާ ހިތްވަރު ދެއްވައެވެ. ނަމަވެސް، ސުލްޙަވެރިކަމާ އެކު މުޒާހަރާ ކުރުމަށް އޭނާ ގޮވައިލައްވާ ބައި، ބީބީސީން އެޑިޓުކޮށް ބަދަލު ގެނެސްފައިވާ ވީޑިޔޯގައި އުނިކޮށްފައިވާ ކަމުގައި އޭނާ ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
މިއީ، މީޑިޔާއަކާ ދެކޮޅަށް ޓްރަމްޕް މި ފަދަ މައްސަލައެއް ހުށަހެޅުއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާއާ ދެކޮޅު ޚަބަރުތައް ގެނެސްދޭ ހުރިހާ މީޑިޔާތަކަކީ ‘ފޭކު’ ނުވަތަ އަސްލެއް ނެތް މީޑިޔާތަކެއްގެ ގޮތުގައި އޭނާ ގެންދަވަނީ ސިފަ ކުރައްވަމުންނެވެ. އަދި، ނޫސްވެރިންނަށް ބަހުގެ ޙަމަލާތައް އަމާޒު ކުރައްވައި، ކުޑައިމީސް ކުރައްވަމުންނެވެ. ބީބީސީއާ ދެކޮޅަށް އޭނާ ދެ މައްސަލައެއް ހުށަހަޅުއްވާފައި ވަނީ އެމެރިކާގެ ފްލޮރިޑާގެ ޤާނޫނުތަކުގެ ދަށުންނެވެ. އޭގެ ތެރެއިން ކޮންމެ މައްސަލައެއްގައި ވެސް ބަދަލެއްގެ ގޮތުގައި 5 ބިލިޔަން އެމެރިކާ ޑޮލަރު ނަގައިދިނުމަށް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
