
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތަކުގެ ސަބަބުން، އިންސާނީ ކާރިޘާތައް އެންމެ ގޯސް ޙާލަތެއްގައި ކުރިމަތިވެފައިވާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި މިފަހަރު ވެސް ސޫދާން ހިމެނިއްޖެއެވެ. ބައިނަލްއަޤުވާމީ އެހީދޭ ޖަމްޢިއްޔާ، އިންޓަރނޭޝަނަލް ރެސްކިޔު ކޮމިޓީ (އައިއާރުސީ) ޢާންމުކުރި ލިސްޓުގައި ޖުމްލަ 20 ޤައުމެއް ހިމެނޭއިރު، އެ ލިސްޓުގެ އެންމެ ކުރީގައި އޮތް ސޫދާންގެ އަހުލީހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުން ވަނީ މަރުވެ، އާބާދީގެ ބޮޑުބައެއްގެ ގެދޮރު ގެއްލިފައެވެ.
މިއީ، އައިއާރުސީގެ މި ލިސްޓުގެ އެއްވަނައިގައި ސޫދާން ހިމެނުނު ވިދިވިދިގެން ތިން ވަނަ އަހަރު ކަމަށްވާއިރު، މިކަމުން ދައްކުވައިދެނީ، ސޫދާންގެ ރައްޔިތުންގެ ނިކަމެތި ޙާލަތުން އަރައިގަތުމަށް ދުނިޔެއިން އެހީތެރިކަން ފޯރުކޮށްދެވިފައިނުވާ މިންވަރު ކަމަށް، އެ ޖަމްޢިއްޔާގެ ސީއީއޯ ޑޭވިޑް މިލިބޭންޑް ވިދާޅުވިއެވެ.
ސޫދާންގައި އަހުލީހަނގުރާމަ ފެށިގެން ދިޔައީ، 2023ވަނަ އަހަރުގެ އޭޕްރިލް މަހުގެ 15ވަނަ ދުވަހު އާރްއެސްއެފްގެ ފައުޖުން ވެރިރަށް ޚަރްޠޫމަށް އަރައި، އެ ރަށުގެ މުހިންމު ސަރަޙައްދުތަކަށް އަތްގަދަ ކުރުމާ އެކުގައެވެ. މި ހަނގުރާމައާ ގުޅިގެން އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
އަދި މި ހަނގުރާމައިގެ ތެރެއިން ގެދޮރު ގެއްލިފައިވާ މީހުންގެ ޢަދަދު 12 މިލިއަނަށް ވުރެ އިތުރުވެފައިވާކަމަށް ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
