
ދިވެހިރާއްޖޭގެ ކުރިކެޓު ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމުގައި ނެޗުރަލް ޓާފެއް ނެތުންކަމަށް ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު އަހުމަދު ހުސައިން (ދޮނާ) ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ރާއްޖޭގައި ސިންތެޓިކް ޓާފުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، ބޭރުގެ މުބާރާތްތަކުގައި ކުޅެންޖެހެނީ ނެޗުރަލް ޓާފެއްގައި ކަމަށެވެ. މި ދެ ޓާފުގެ ތަފާތުގެ ސަބަބުން ބޯޅައިގެ ހަރަކާތާއި ބައުންސަށް ބޮޑު ތަފާތުތަކެއް އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމަށް ހައްލެއް ހޯދުމަށް މިހާރު މަސައްކަތް ކުރަމުން އަންނައިރު، ބޭރުގެ މުބާރާތްތަކަށް ދިއުމުގެ ކުރިން ލަންކާ ނުވަތަ އިންޑިއާ ފަދަ ގައުމުތަކުގައި ކޭމްޕުކޮށް ނެޗުރަލް ޓާފުގެ ތަޖުރިބާ ހޯދަންޖެހޭ ދަތިކަން މިހާރު ދިމާވެފައިވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.
ސީބީއެމްއިން މިހާރު މަސައްކަތްކުރަމުން އަންނަނީ ފުވައްމުލަކުގައި މިހާރު ފަރިތަކުރަމުންދާ ކުރިކެޓު ގުރައުންޑް ތަރައްގީކޮށް ޒަމާނީ ފެންވަރުގެ ނެޗުރަލް ޓާފެއް އެޅުމަށް ކަމަށް އޭނާ ހާމަކުރެއްވިއެވެ. މިކަމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުންދަނީ، ޓާފެއް އެޅުމާއި ބެލެހެއްޓުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީއެވެ. މިކަމުގައި އިންޑިއާ ނުވަތަ ސިލޯނު ކުރިކެޓު އެސޯސިއޭޝަނާ ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ނެޗުރަލް ޓާފެއް އެޅިއްޖެނަމަ އެއީ ކުރިކެޓަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްކަމަށާއި، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އަހުމަދު ފާހަގަކުރެއްވިއެވެ. ފުވައްމުލަކަކީ މިވަގުތު މިފަދަ ޓާފެއް އެޅުމަށް އެންމެ އެކަށީގެންވާ ސިޓީކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެއީ އެ ސިޓީގައި އެކޮމޮޑޭޝަން، ޗޭންޖިން ރޫމް އަދި ސައިޒަށް ފެތޭ ދަނޑުވެސް ހުރި ކަމަށް ވާތީއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
