
(ފޮޓޯ ކްރެޑިޓްސް: އެފްއޭއެމް)
އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބިސް ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ. ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ބިސް ބުރުން ޑޮމިނޭޓުކޮށްގެން ކުޅުނުއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ބިސް ބުރުގެ ބީދޭސީ ކުޅުންތެރިޔާ ނޯޕީ ރަމަދާން ފޮނުވާލި ހަމަލާތައް ޓީސީގެ ގޯލްކީޕަރު ފާތިމަތު ޔަމްނާ ވަނީ ދިފާއުކޮށްފައެވެ. އަދި މި ހާފުގައި ހިލޭ ޖެހުމަކުން ނޯޕީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް ބިސް ބުރުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އޭރިއާ ބޭރުން ނޯޕީ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި ރީބައުންސްގައި މަރިޔަމް ވިޝާޔާ ވިލްދާނަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓީސީން ކާމިޔާބުކޮށްފައިވަނީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ކައުންޓަރ އެޓޭކެއްގައި ލިބުނު ފުރުސަތަކުން އޭރިއާ ތެރެއަށް ވަދެ މި ލަނޑު ކާމިޔާބުކޮށްދިނީ ސްރީ ލަންކާގެ ކުޅުންތެރިޔާ ޕްރަވީނާ މަޑުކީ ޕެރޭރާއެވެ.
މިއީ މި ފަހަރުގެ ލީގުގައި ޓީސީން ހޯދި ފުރަތަމަ މޮޅެވެ. އަދި މި މެޗުގައި ޕްރަވީނާ ކާމިޔާބުކޮށްދިން ލަނޑަކީ ލީގުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑެވެ. މި މޮޅާއެކު ތާވަލުގެ ފަސްވަނައިގައި ޓީސީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ. އަދި ފުލުގައި އޮތް ބިސް ބުރުން މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
