
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއު ރޭޑިއަންޓާއި އިތުރު ބިދޭސީ ދެ ކުޅުންތެރިން ގުޅުމުން ވަރަށް ބޮޑުތަނުން ޓީމުގެ ކުޅުން ރަނގަޅުވާނެ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު، އަލީ ސުޒެއިން ބުނެފިއެވެ. ސުޒެއިން ބުނީ ޓްރާންސްފާ އާއި ގުޅޭ ގޮތުން ރިކުއެސްޓްކޮށްފައި ހުރި ހުރިހާ ކަމެއް ތިންވަނަ މެޗަށް މެނޭޖުމެންޓުން ނިންމައިދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނިއު ރޭޑިއަންޓުން ގެންނަ ބިދޭސީ ކުޅުންތެރިޔާ، ލައިބީރިއާގެ ކުލަބެއް ކަމަށްވާ ހެވަން އިލަވަންގެ ކެޕްޓަން އަބުދުﷲ ޔާޔާ ބިލިޓީ މިހާރުވަނީ ރާއްޖެ އައިސްފައެވެ. އަދިވެސް އިތުރު ކުޅުންތެރިއަކު ގެނައުމަށް އެ ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގު 2025/26 ގެ ދެވަނަ ބުރުގައި ކުލަބު ވެލެންސިއާ ދެކޮޅަށް ކުޅުނު މެޗާއި ގުޅޭ ގޮތުން ސުޒެއިން ބުނީ އެއީ އުނދަގޫ މެޗެއް ކަމަށެވެ. 3-1 ލަނޑުން ވެލެންސިއާ އަތުން މޮޅުވެ 3 ޕޮއިންޓް ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ސުޒެއިން ބުނީ އެ މެޗުގައި ތިން ޕޮއިންޓް ލިބުން ފިޔަވާ ނިއުރޭޑިއަންޓަށް އިތުރު އެއްވެސް ކަމެއް ނުލިބުނު ކަމަށެވެ.
“ވަރަށް އުނދަގޫކޮށް ދިޔައީ. ވަރަށް މަސައްކަތްކޮށްފި ވެލެންސިއާއިން ވެސް ވެލެންސިއާގެ ގޮތުގައި” ސުޒެއިން ބުންޏެވެ. ޖުމުލަކޮށް ބަލާއިރު ނިއު ރޭޑިއަންޓުގައި ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެކަންކަން ރަނގަޅުކޮށްފިނަމަ ވިކްޓްރީ މެޗަށް ދާއިރު ރަނގަޅުވާނެ ކަމަށް ސުޒެއިން ބުންޏެވެ. ނިއު ރޭޑިއަންޓުން ކުޅެމުންދާ ބޯޅަ އެހާ ފަސޭހައިން ގެއްލޭނަމަ އެއީ އިދިކޮޅު ޓީމަށް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި، އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ސުޒެއިން ފާހަގަކުރިއެވެ.
އެގޮތުން އެ މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ސުޒެއިން ފާހަގަކުރިއެވެ. ނިއުގެ ކުޅުންތެރިން އަތުން މާ ފަސޭހައިން ބޯޅަ ގެއްލޭ މައްސަލަ އެއީ ހައްލުކުރަންޖެހޭ ކަމެއް ކަމަށާއި، ކުރިޔަށް އޮތްތަނުގައި އެކަން ރަނގަޅުކުރާނެ ކަމަށްވެސް ސުޒެއިން ބުންޏެވެ.
މި ދެ ޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. ދެން ނިއުރޭޑިއަންޓު އެންމެ އަވަހަސް ނިކުންނާނީ 19 ޑިސެމްބަރުގަ ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
