
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ގައުމީ ޕެރަ ޓީމުގެ ކޯޗު މުހަންމަދު ސަމީރު ވިދާޅުވީ، ރާއްޖޭގެ ޕެރަ އެތުލީޓުން މަސައްކަތްކުރާނީ ލޯ މެޑައްޔަކުން ރިހި މެޑައްޔަކަށް، އަދި އެއަށްފަހު ރަން މެޑައްޔަކަށް ބަދަލުކޮށް ގައުމު ފަޚުރުވެރިކޮށްލުމަށް ކަމަށެވެ. މިމަހުގެ 7 އިން 12 އަށް ދުބާއީގައި ބޭއްވުނު އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި، މުހައްމަދު ރިޒްހާންވަނީ 12 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް ފެތުމުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. މިއީ ރާއްޖޭގެ ޕެރަ އެތުލީޓަކު ފެތުމުން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.
ކޯޗު ސަމީރު ވިދާޅުވީ، މުބާރާތަށް ފުރުމުގެ ކުރިން މިފަދަ ނަތީޖާއެއް ލިބިދާނެކަމަށް އުންމީދު ނުކުރެވުނު ނަމަވެސް، މި ކާމިޔާބީއަކީ ހީނުކުރާ ފަދަ އުފާވެރިކަމެއް ކަމަށާއި، ކުރިއަށް އޮތް މުބާރާތްތަކަށް އައު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ލޯ މެޑަލް ހޯދި ރިޒްހާނަށް ކޯޗާއެކު ފަރިތަކުރެވުނީ އެންމެ ހަފްތާއެއްހާ ދުވަހު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަމީރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މޮޅެތި ޕެރަ އެތުލީޓުން ކޯޗުންނާއި ހަމައަށް ގެނެސްދީ އިތުރަށް ތަމްރީނުކުރުމަށް އެންމެން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އޭނާގެ އުންމީދަކީ ޕެރަ ޓީމަށް ކުދިން އިތުރުކޮށް ޓީމު ވަރުގަދަކުރުމެވެ. މި މުބާރާތުގައި ރާއްޖެއިން 4 އެތުލީޓަކު (3 ފެތުންތެރިންނާއި 1 އެތުލެޓިކްސް ކުޅުންތެރިއެއް) ވާދަކުރި އިރު، 35 ގައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން 8 ކުޅިވަރަކުން ވާދަކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
