
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަކީ އާ ކަންތައްތަކެއް ނޫނެވެ. އައިސްގެ ދަތިކަމާއި، ހަމަ އަގެއްގައި މަސް ނުގަނެވުމާއި، ފައިސާ ލިބުން ލަސްވުމަކީ ދިގު މުއްދަތަކަށް ދިމާވެފައިވާ މައްސަލަތަކެކެވެ. މިކަންކަމާ ގުޅިގެން މަސްވެރިން ސަރުކާރުތަކާ މަޝްވަރާކޮށް، މަސްވެރިންގެ ދުވަހާ ގުޅުވައިގެން މުޒާހަރާވެސް ކުރެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ޢަމަލީ ހައްލެއް ފެނިފައެއް ނުވެއެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް މަސްވެރިންނާ ބައްދަލުކުރައްވައި ހައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނުގެ ދައުރު ނިމުނުއިރު މަސްވެރިންނަށް ދޭންޖެހޭ 230 މިލިއަން ރުފިޔާ ނުދައްކާ އޮތެވެ.
މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރާނެކަމަށާއި، މަސްވެރިކަން ދިވެހި އިޤްތިޞާދުގެ މައި ލޭނާރަށް ހައްދަވައިދެއްވާނެކަމުގެ ވަޢުދާއެކުއެވެ. މި ވަޢުދުފުޅާ އެއްގޮތަށް، ކުރީ ސަރުކާރުން ނުދީ އޮތް 230 މިލިއަން ރުފިޔާ މަސްވެރިންނަށް ދައްކައި، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މަސްވެރިންގެ ބޮޑު ކަންބޮޑުވުމެއް ކަމަށްވާ ހަމަ އަގުގައި މަސް ނުގަތުމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މިހާރު ދަނީ ހުޅުމާލޭގައި މަސް ޕްރޮސެސިން ފެސިލިޓީއެއް އަޅައި، ސަރުކާރުން ބޮޑުކަންނެލި ގަންނަން ތައްޔާރުވަމުންނެވެ. މި މަސައްކަތުގެ ޢަމަލީ ފެށުން އަންނަ މަހު އޮންނާނެކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން، ތެޔޮ އަގުހެޔޮކޮށް ނުލިބުމުގެ ކަންބޮޑުވުމަށް ހައްލު ހޯދުމުގެ ގޮތުން އަންނަ މާރިޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅަކުންވެސް ރަށެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސްޓޭޝަނެއް ޤާއިމުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ފުރަތަމަ ޝެޑް ރ. ދުވާފަރުގައި މިމަހުގެ 13 ވަނަ ދުވަހު ހުޅުވާފައިވެއެވެ.
އައިސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ދަނީ އޮޑިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ސިސްޓަމްތައް ހަރުކުރުމަށް ލުއި ލޯނު ދެމުންނެވެ. މިފްކޯއިން މި ސިސްޓަމްތައް ހަރުކޮށްދެއެވެ. މީގެ އިތުރުން، ރަށްރަށުގައި އައިސް ޕްލާންޓްތައް ހެދުމުގެ މަސައްކަތްވެސް ސަރުކާރުން ކުރަމުން ދެއެވެ. މިގޮތުން، ޒަމާނުއްސުރެ މަސްވެރިންނަށް ދިމާވަމުން އަންނަ މައްސަލަތަކަށް ދާއިމީ ހައްލުތަކެއް ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
