
ފުލުހުންގެ ތަމްރީންކޯސް ނިންމުމަށްފަހު ނިކުމެވެނީ ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަމަށާއި، އެންމެ އިސްކަމެއް ދޭންވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، 41 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯސް ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މިއީ ހުށިޔާރު ޒިންމާދާރު ޒުވާން ފުލުހުންތަކެއް ޚިދުމަތައް ގުޅޭ ރެއެއްކަމަށެވެ. ފުރިހަމަކުރި ތަމްރީނުން ބިނާކޮށްދެވުނު ޝަހްސިއްޔަތުން އަދުލުވެރިކަމާއި އިންސާފުވެރިކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުންގެ ނޫ ޔުނީފޯމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ރަމްޒެއްކަމަށާއި މިއީ އަދުލުވެރިކަމުގެ ރަމްޒެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
“އަޅުގަނޑު ތިޔަ ފުލުހުންނަށް ހަނދާންކޮށްދޭން ބޭނުންވަނީ ތިޔަ އިހްތިޔާރުކުރީ ފަސޭހަ މަގެއް ނޫންކަން. ތިޔަ އިހްތިޔާރުކުރީ ވަރަށް ބުރަ އެހާމެ ޒިންމާދާރު އަދި ގުރުބާނީތަކެއް އެކުލެވޭ މަގެއްކަން. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ތިޔަ ފަށަނީ ހަމައެކަނި ވަޒީފާއެއް ނޫންކަން. ތިޔަ ދެވެނީ ޤައުމީ ގޮވާލުމަކަށް އިޖާބަކަން. ތިޔަ ނިކުމެވެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރަފްވެރި ޤައުމީ ޚިދުމަތަކަށްކަން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ތިޔަ ފުލުހުންނަށްޓަކައި ފަހުރުވެރިވަން.” ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
ފުލުހުންގެ ޔުނީފޯމަކީ އަމާނާތެއްކަމަށާއި، އެހެންކަމުން ޔުނީފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ގައުމު ބަރޯސާވަނީ ހިތްވަރުގަދަ ހަރުދަނާ އަޒުމްވަރުގަދަ އަދުލުވެރި ފުލުހުންނަށްކަމަށްވެސް ވިދާޅުވެފައެވެ. މިއީ ފުލުހުންގެ ތަމްރީނެއްގައި އަންހެން ފުލުހަކަށް ކޯހުގެ ބެސްޓް އޯލް ރައުންޑް ލިބޭ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ދިވެހި ފުލުހުންގެ މުވައްސަސާއަށް އުފާވެރި ރެއެއްގެ ގޮތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
