
ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ މައި ވައިގެ ބަނދަރު ފަދައިން މައި ވިޔަފާރި ބަނދަރަށްވެސް ތަރައްޤީ ގެނެސްގެންނެވެ. މިހެން ވިދާޅުވީ “މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމް” ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޕީއެލްއިން ރާއްޖޭގެ މުދާ އިމްޕޯޓް/އެކްސްޕޯޓް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާކަމަށާއި، އިޤްތިޞާދީ ވުޒާރާއާއެކު ޕޯޓް ސިނާޢަތް ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތާއި، ޕޯޓުގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުން ހިމެނެއެވެ. އަދި އުތުރާއި ދެކުނުގައި މައި ވިޔަފާރި ދެ ޕޯޓާއި، ގިނަ ސަރަޙައްދުތަކުގައި ކުދި ސެޓަލައިޓް ޕޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަހުއްޓެވެ. މި ހުރިހާ މަސައްކަތެއްގެ އެއް އަމާޒަކީ ޒަމާނީ ނިޒާމުތަކާއެކު ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، 2000 ވަނަ އަހަރު 30,000 ޓީއީޔޫ ކޮންޓެއިނަރަށް ޚިދުމަތްދިން އިރު، މިއަދު 100,000 ޓީއީޔޫ ކޮންޓެއިނަރަށް ޚިދުމަތްދެއެވެ. ނަމަވެސް ފަތުރުވެރިކަމާއި އިޤްތިޞާދަށް އައި ކުރިއެރުމާ އެކަށީގެންވާ ވަރަށް ޕޯޓުގެ ޖާގަ އިތުރުކުރެވިފައި ނެތެވެ. ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާއެކު މި މައްސަލައަށް ދެމެހެއްޓެނިވި ބޮޑު ޙައްލެއް ލިބި، އަސާސީ ކާބޯތަކެތި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް އެއްހަމައެއްގައި ފޯރުކޮށްދެވޭނެއެވެ. ސަރުކާރުން މިހާރު ދަނީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު 60 ހެކްޓަރުގެ ބިމުގައި 250 މިލިއަން ޑޮލަރު ޚަރަދުކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢުއެއް ފަށާ، އޭގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
