
(ފޮޓޯ ކްރެޑިޓްސް: އެސްޓީއޯ)
އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ރޯދަމަހަށް ޚާއްސަކޮށްގެން ބާއްވާ ‘އެސްޓީއޯ ރަމަޟާން ބާޒާރު’ ޕްރޮމޯޝަން މިރޭ ވަނީ ރަސްމީކޮށް ފަށާފައެވެ. މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއަރމަން އަދި އެސްޓީއޯގެ ކުރީގެ އެމްޑީ އަހުމަދު ޝަހީރުއެވެ. މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ޑިޖިޓަލް ކޫޕަން ލިބޭ ފަރާތްތަކުގެ ތެރެއިން އެކަކަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބޭނެއެވެ. އަދި ޕްރޮމޯޝަން ނިމޭއިރު، ކޫޕަން ލިބިފައިވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމު ލިބިގެންދާނެއެވެ. މިއަހަރުގެ ރަމަޟާން ބާޒާރު ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، ވިލިމާލެ ފިހާރަ، އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައެވެ.
މިއީ ރޯދަމަހަށް ބޭނުންވާ ކޮލިޓީގެ ހިފާގެންގުޅޭ ސާމާނު ހެޔޮ އަގުގައި ގަތުމަށް ލިބޭ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ. މި ޕްރޮމޯޝަން 18 މާރިޗު 2026 ގެ ނިޔަލަށް ކުރިއަށްދާނެއިރު، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން %50 އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
