
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީ މަސައްކަތް އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މި މަސައްކަތްތަކާބެހޭ އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއާއި، އީޕޯޗް އެސޯސިއޭޓްސްގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރު ވަނީ ސޮއިކުރައްވާފައެވެ. އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ޑިޒައިން މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި، އޭގެ ފަހުން ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރައިވަލް ހޯލް ބޮޑުކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރެވޭނެއެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭއެއް ހެދުމާއި، ޑިޕާޗަރ ގޭޓް އިތުރުކުރެވޭނެއެވެ. ޖުމްލަ 814 އަކަމީޓަރުގެ އިމާރާތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ސަލީމް ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ބ. އަތޮޅުގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތައް ކުރާނެ ކަމަށާއި، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ފެންވަރުގެ ޚިދުމަތްތަކެއް ދެވޭނެ ކަމަށެވެ. މީގެ ސަބަބުން މި ސަރަޙައްދުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. ދަރަވަންދޫ އެއާޕޯޓު ޚިދުމަތް ދޭން ފެށިތާ 14 އަހަރު ވެފައިވާއިރު، ބ. އަތޮޅަކީ ގިނަ ރިސޯޓުތަކާއި ލޯކަލް ޓޫރިޒަމް ފުޅާވަމުންދާ އަތޮޅަކަށްވާތީ، މި އެއާޕޯޓަކީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު އެއާޕޯޓެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
