
(ފޮޓޯ ކްރެޑިޓްސް: ވިޒިޓް މޯލްޑިވްސް)
އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަރޕޫލް އެފްސީން ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗެއްގައި، ހިއުގޯ އެކިޓީކޭ މެޗު ފެށިތާ އެންމެ 46 ސިކުންތުތެރޭގައި ލަނޑު ޖަހައި މި ސީސަންގެ އެންމެ އަވަސް ގޯލުގެ ރިކޯޑު މުގުރާލި ވަގުތު، އެންފީލްޑް ސްޓޭޑިއަމްގައި ދިވެހިރާއްޖޭގެ ބްރޭންޑިންގަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ. ވިޒިޓް މޯލްޑިވްސްއިން ލިވަރޕޫލް ފުޓުބޯޅަ ކްލަބާއެކު ގާއިމްކޮށްފައިވާ ޑެސްޓިނޭޝަން ޕާޓްނާޝިޕްގެ ދަށުން، ކޮންމެ ހޯމް މެޗެއްގައިވެސް އެންފީލްޑްގެ އެލްއީޑީ ބޯޑުތަކާއި ޑިޖިޓަލް ސްކްރީންތަކުގައި ރާއްޖޭގެ ބްރޭންޑިންގ ދައްކާލައެވެ.
މި ޕާޓްނާޝިޕްގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ 180 ގައުމަށް ދައްކާ މިފަދަ މެޗުތަކުގެ ޒަރީއާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ފުރުސަތުތަކާއި ލަގްޒަރީ ރިސޯޓްތައް ދުނިޔެއަށް ތައާރަފްކޮށް، ރާއްޖެއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ދަންނަ ފަތުރުވެރިކަމުގެ މަންޒިލުކަމުގައި ހެދުމެވެ. މިގޮތުން، ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި ތަފާތު ގޮތްގޮތަށް ކެމްޕޭންތައް ހިންގަމުންދާއިރު، މިދިޔަ މަހު 10 ބަހަކުން ރާއްޖެ އިސްތިހާރުކުރުމަށްވެސް މި ބޯޑުތައް ވަނީ ބޭނުންކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
