
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ ވެރިރަށް ސިޑްނީގައި ބަޑީގެ ޙަމަލާތަކެއްދީ 15 މީހުން މަރައިލައިފިއެވެ. ސިޑްނީގެ ބޮންޑައި ބީޗް ސަރަޙައްދުގައި ޔަހޫދީންގެ ޢީދެއް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގެ ބައިވެރިންނަށް އަމާޒުކޮށް ދީފައިވާ ބަޑީގެ ޙަމަލާތަކުގެ ފަހަތުގައި ތިބީ ދެބަފައިންނެވެ. މިއީ، ފާއިތުވި 30 އަހަރުގެ ތެރޭގައި އޮސްޓްރޭލިޔާގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި ޙަމަލާއެވެ. ބޮންޑައި ބީޗުގެ ޕާކެއްގައި ބޭއްވި ހަފުލާގައި 1,000ށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ޙަމަލާގެ ފަހަތުގައި ތިބީ 50 އަހަރުގެ ބައްޕައަކާއި އޭނާގެ 24 އަހަރުގެ ދަރިފުޅެވެ. އެ މީހުންގެ ޙަމަލާތައް ހުއްޓުވުމަށް ސިޑްނީގެ ފުލުހުން ހިންގި އޮޕަރޭޝަނުގައި، 50 އަހަރުގެ މީހާ ވަނީ މަރައިލާފައެވެ. އަދި، އޭނާގެ ދަރިފުޅަށްވެސް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ. އެ ދެ މީހުންގެ ޙަމަލާގައި ޒަޚަމު ކޮށްލާފައިވާ އިތުރު 40 މީހަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާދެމުންދާ ކަމުގައި ސިޑްނީގެ ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެއެވެ. ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި 10 އަހަރުގެ ކުޑަކުއްޖަކާއި އުމުރުން 87 އަހަރުގެ މީހެއް ވެސް ހިމެނެއެވެ.
މި ހާދިސާ ހިނގި ބޮންޑައި ބީޗު ސަރަޙައްދަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒޭ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި، އެ ސަރަޙައްދުގައި ބޭއްވި ހަފުލާއެއްގައި ބައިވެރިވި ޔަހޫދީންނަށް ދީފައިވާ ޙަމަލާއަކީ ޔަހޫދީންނާ ދެކޮޅު ފިކުރުގެ ބަޔަކު ފަހަތުގައި ތިބެ ހިންގާފައިވާ ނިރުބަވެރި ކަމުގެ އަމަލެކެވެ. އޭނާ ވިދާޅުވީ، ޙަމަލާއާ ގުޅިގެން ދުނިޔޭގެ ވެރިން އޭނާއަށް ފޯނުން ގުޅުއްވައި ތަޢުޒިޔާ ދަންނަވަމުން ގެންދަވާ ކަމުގައެވެ. އޭގެ ތެރޭގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްޚްރޮން ހިމެނިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
