
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ފަރާތުން ސަލާމަތީ ގެރެންޓީ ހޯދުމަށް، ޔޫކްރެއިނުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތް މި ވަގުތަށް ހުއްޓައިލުމަށް އެ ޤައުމުން ހުށަހަޅައިފިއެވެ. އެމެރިކާގެ ޚާއްޞަ މަންދޫބުންނާއެކު ކުރެއްވި މަޝްވަރާއެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ އެ ޤައުމާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ޞުލްޙައިގެ މަޝްވަރާތައް ކުރިއެރުވުމަށް ނޭޓޯއަށް ވަނުން މަޑުޖައްސައިލުމަށް ހުށަހަޅައިފައެވެ. އޭގެ ބަދަލުގައި އެ ޤައުމުން އެދެނީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އެ ޤައުމަށް ސަލާމަތީ ގެރެންޓީ ފޯރުކޮށްދިނުމަށެވެ.
ނަމަވެސް ސަލާމަތީ އެނަލިސްޓުން ދެކޭ ގޮތުގައި ޔޫކްރެއިންގެ ހުށަހެޅުމަކީ ރަމްޒީ ހުށަހެޅުމެކެވެ. އަދި އެ ހުށަހެޅުމުގެ ސަބަބުން ޞުލްޙައިގެ ވާހަކަތަކަށް އެދެވޭ ކުރިއެރުމެއް ނުލިބޭނެއެވެ. އެއީ އެ ހުށަހެޅުމުގެ ސަބަބުން މި މައްސަލައިގައި ރަޝިޔާއިން ދެކޭ ގޮތަށް ބަލަދެއް އަންނާނެ ކަމަށް ނުބެލެވޭތީއެވެ. ޔޫކްރެއިނުން އެ ހުށަހެޅުން ހުށަހެޅުމުގެ ކުރިން ވެސް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ނޫން ވެސް ސަބަބުތަކާ ހުރެ އަވަސް މުސްތަޤުބަލެއްގައި އެ ޤައުމަށް ނޭޓޯގެ މެންބަރަކަށް ނުވެވޭނެ ކަން ސާފު ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
