
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ވާޖިދު އަލީ ޗައުދަރީ ރާއްޖެ ވަޑައިގެންފިއެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ވާޖިދު ރާއްޖެ ވަޑައިގެންނެވިއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ރައީސް އިޝްފާން މުޙައްމަދު (އިއްޕަ) އެވެ. މިއީ މިދިޔަ ނޮވެމްބަރު މަހު ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްގެ މަގާމާ އިޝްފާން ހަވާލުވެވަޑައިގެންނެވި ފަހުން، ބެޑްމިންޓަން އޭޝިއާގެ ބޭފުޅަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެއަރޕޯޓުގައި ހުންނަވައި “ޕީއެސްއެމް ނިއުސް” އަށް ދެއްވި އިންޓަވިއުއެއްގައި ޕާކިސްތާނަށް ނިސްބަތްވާ ވާޖިދު ވިދާޅުވީ މި ދަތުރުގެ ތެރެއިން ރާއްޖޭގެ ބެޑްމިންޓަން މިހާރު އޮތް ހާލަތު ރަނގަޅު ކުރުމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ބެޑްމިންޓަން އޭޝިއާގެ ފަރާތުން މަޝްވަރާކުރައްވާނެ ކަމަށެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ އައު ރައީސްގެ މަގާމަށް އިޝްފާން އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާއަކީ ރާއްޖޭގެ ބެޑްމިންޓަން ކުރިއެރުވުމަށް އެންމެ ގާބިލު ބޭފުޅާ ކަމަށްވެސް ވިދާޅުވިއެވެ.
ބެޑްމިންޓަން އޭޝިއާގެ ޑިވެލޮޕްމަންޓް ކޮމިޓީގެ ޗެއާޕާސަން ރާއްޖެ ވަޑައިގެންނެވިއިރު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ކިބައިން ވަގުތީ ގޮތުން ނަގާފައިވާ ޤައުމީ ހައިސިއްޔަތު އިޔާދަކޮށް، އެ އެސޯސިއޭޝަނަށް ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އަޅައިފައިވާ ސަސްޕެންޝަނުގެ އަބަދުން މި މަހުގެ ކުރީކޮޅު ވަނީ ވީއްލިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
