
ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ހިނގައިދާނެ ކަމަށް ބަލައި ބްރެޒިލުން ކޯޗު ކާލޯ އަންޗެލޯޓީގެ ކޮންޓްރެކްޓް އައު ކުރަން ނިންމައިފި އެވެ. ޔޫރަޕުގެ އެންމެ ކާމިޔާބު ކޯޗު އިޓަލީގެ އަންޗެލޯޓީ ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވީ ނިމިދިޔަ ސީޒަނަށް ފަހު މިދިޔަ ޖޫން މަހު އެވެ. އޭނާގެ ކޯޗުކަމުގައި ބްރެޒިލް އަންނަނީ ރަނގަޅު ކުޅުމެއް ދައްކައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ނަމަވެސް ބްރެޒިލް މިހާރު ބިރުހީވެގެން އުޅެނީ އަންޗެލޯޓީ އަލުން ރެއާލް މެޑްރިޑަށް ހިނގައިދާނެތީ އެވެ. ސަބަބަކީ އޭނާ އަށް ފަހު އެ ޓީމާ ހަވާލުވި ކޯޗު ޒަބީ އަލޮންސޯ އަށް ނަތީޖާ ނުނެރެވި އޭނާ މަގާމުން ވަކިކުރުމާ ގާތުގައި އުޅޭތީ އެވެ.
ބްރެޒިލުން އަންޗެލޯޓީ އަށް އެންމެ ފުރަތަމަ ދިނީ 18 މަސް ދުވަހުގެ ކޮންޓްރެކްޓެކެވެ. އެއީ އަންނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އޭނާގެ ކޮންޓްރެކްޓް ހަތަރު އަހަރަށް އިތުރު ކުރުމަށެވެ. އެއީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ނިޔަލަށްވެ. އެހާތަނަށް އުމުރުން 71 އަހަރުވާނެ ކޯޗު ވެސް ހުރީ ބްރެޒިލްގެ ގައުމީ ކޯޗުކަމާ ވަރަށް ގަޔާވެގެންނެވެ. ނަމަވެސް އޭނާ އަކީ ރެއާލް މެޑްރިޑުގެ ވެސް އެންމެ ކާމިޔާބު ކޯޗެވެ. ޗެލްސީ އާއި އޭސީ މިލާނާއި ބަޔާން މިއުނިކާއި ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން އަންޗެލޯޓީގެ ޑިމާންޑް އަދިވެސް ބޮޑެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
