
މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން މިޑްފީލްޑަރު ކޯބީ މައިނޫ ޓީމު ދޫކޮށް ދިޔަ ނުދޭން އެ ޓީމުގެ ކޯޗު ރުބެން އަމޮރިމް މަސައްކަތް ފަށައިފި އެވެ. މިއާއެކު އޭނާގެ ބޭބެ ވަނީ ފްރީ މައިނޫ ޖަހާފައިވާ ޓީޝާޓެއް ލައިގެން އިއްޔެ ދަނޑަށް ގޮސް ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ 11އިން ގަވާއިދުން ޖާގަ ނުލިބޭތީވެ މައިނޫ ދާން ބޭނުންވަނީ އިޓަލީގެ ނަޕޯލީ އަށެވެ. ނަމަވެސް އެ ކުލަބުން އޭނާ ލައްވައި ކުޅުވަން ހުށަހަޅާފައިވާ ބިޑަށް ކޯޗު އަމޮރިމް އަދި އެއްބަހެއްނުވެ އެވެ. އޭނާގެ މައިގަނޑު މައްސަލަ އަކީ އެފްރިކާ ކަޕަށް ޔުނައިޓެޑްގެ ތިން ކުޅުންތެރިއަކު ދާތީވެ އެ މަގާމުތައް ފޫބައްދާނެ ކުޅުންތެރިން ނެތުމެވެ.

އަމޮރިމް ބުނީ މި މަހު ފަހުކޮޅު ފަށާ އެފްރިކާ ކަޕުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވާނެ ޓީމަކީ ޔުނައިޓެޑް ކަމަށެވެ. “ވަރަށް މުހިންމު ވަގުތެއްގައި ވަރަށް މުހިންމު ކުޅުންތެރިންތަކެއް ޓީމާ ވަކިވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އަހަރުމެންނަށް މިވަގުތު ވަރަށް މުހިންމު ކުޅުންތެރިންތަކެއް ޓީމާ އެވަކިވަނީ. މީގެ ސަބަބުން ޔުނައިޓެޑް ފަދަ ޓީމުތަކަށް މީގެ ސަބަބުން ވަރަށް ގެއްލުންވާނެ. އެކަމަކު މި މުބާރާތަކީ ވެސް ކުޅުންތެރިންނަށް މުހިންމު މުބާރާތެއް. ޕްރެމިއާ ލީގުގައި އެބަތިބި މި މުބާރާތުގެ އަސަރު ނުކުރާ ޓީމުތައް ވެސް. އަހަރުމެންނަކީ އެންމެ ބޮޑަށް އެފްރިކާ ކަޕުގެ އަސަރު ކުރާނެ އެއް ޓީމު. މިއީ ޔުނައިޓެޑް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް. ސަބަބަކީ މިއީ ސީޒަން އެންމެ ބާރުބޮޑުވާ ވަގުތު. މި ވަގުތު މުހިންމު ކުޅުންތެރިންތަކެއް މަދުވުމަކީ ގެއްލުމެއް. އެކަމަކު މިއާއެކު ކުރިއަށްދާން ޖެހޭނީ،” އަމޮރިމް ބުންޏެވެ.
އޭނާ ބުނީ މުހިންމު ކުޅުންތެރިންތަކެއް ގެއްލުމުން އެ ކުޅުންތެރިން ނެތްތަން ފޫބައްދަން ޖެހޭނީ ޓީމުގައި އެހެން ކުޅުންތެރިން ބޭނުންކޮށްގެން ކަމަށާއި ނަމަވެސް ކޮންމެ ކުޅުންތެރިއެއްގެ މަގާމު ކުއްލިއަކަށް ފޫބެއްދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. މައިނޫ ޓީމު ދޫކޮށް ދާން ބޭނުންވާ މައިގަނޑު ސަބަބަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށްދާ އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
