
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ބުރު ސްޕޯޓްސް ކުލަބު އަތުން 9-0 ގެ ނަތީޖާއަކުން ބަލިވިއިރު، މިއީ ލަދުގަންނަވަރުގެ ފަރަގެއް ކަމަށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޯޗު މުޙައްމަދު ނަޒީހު ބުނެފިއެވެ. ލީގުގެ ދެވަނަ ބުރުގައި ބުރު ސްޕޯޓްސް އަތުން ތަފާތު ބޮޑުކޮށް ޔޫވީ ބަލިވިއިރު، މި ދެ ޓީމު ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ދެވަނަ ބުރުގެ މެޗުގައި ޔޫވީން އެ ޓީމާ އަލަށް ގުޅުނު ބައެއް ކުޅުންތެރިން ބޭނުންކުރި ނަމަވެސް، ބިދޭސީ އެއްވެސް ކުޅުންތެރިއަކު ބޭނުންކޮށްފައެއް ނުވެއެވެ. އެ މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ނަޒީހު ބުނީ ބޭރު ކުޅުންތެރިން ނުލައިވެސް މިއީ ބަލައިގެނެވޭނެ ނަތީޖާއެއް ނޫން ކަމަށެވެ. އަދި މިހެން ދިމާވީ ކޯޗު ދޭ އިރުޝާދާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށްވެސް ވަނީ ބުނެފައެވެ.
“ޑިފެންސް ކުރިއިރު މާ ހައި ލައިންއެއްގައި ޑިފެންސްކޮށް، ކުޅުންތެރިން ފަހާ ދުވުމުން މި މައްސަލަ ދިމާވީ. ދެން މިކަހަލަ ދުވަސްތައް ކުރިމަތުވާނެ ފުޓްބޯޅައިގައި. ވަރަށް ރަނގަޅު ތަންކޮޅެއް ކުރިން މިކަން ދިމާވިކަން. ތަންކޮޅެއް ފަހުން މިކަން ދިމާވި ނަމަ، އަލުން އަނބުރާ ޓީމު ހިއްލަން އުނދަގޫވާނެ. މަގުސަދު ހާސިލުނުވި ނަމަވެސް، ޓީމާ އަލަށް ގުޅުނު ކުޅުންތެރިންގެ ކުޅުން ބަލާލަން ލިބިއްޖެ.” ނަޒީހު ބުންޏެވެ. ލީގުގެ ފުރަތަމަ ބުރުގައި ނަޒީހު ވަނީ އެ ޓީމުގެ ކުޅުންތެރިން ތަމްރީނުތަކަށް ނުނުކުންނަ ކަމަށާއި، ކުޅުންތެރިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެފައެވެ. އެކަމަކު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނަޒީހު ބުނީ ކުޅުންތެރިން މިހާރު ފަރިތަކުރުންތަކަށް ނުކުންނަ ކަމަށާއި، އަދި އަލަށް ޓީމަށް ނެގި ކުޅުންތެރިންނަކީވެސް ގަވާއިދުން ތަމްރީނުތަކަށް އަންނާނެ ކަމަށް ބަލައިގެން ނެގި ކުޅުންތެރިން ކަމަށެވެ.
އަދި ކުރިއަށް ހުރި މެޗުތަކުގައި ގޯލްކީޕަރާއި ބޭރު ތިން ކުޅުންތެރިން ތިބޭނެ ކަމަށާއި، އެހެންކަމުން މި ނަތީޖާ ބަދަލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ. “އެހެންވީމަ މީތި ބަދަލުކުރާނަން. އެކަމަކު މިއީ ލަދުގަންނަވަރުގެ ފަރަގެއް، އެހެންނަމަވެސް މި ނަތީޖާ ބަދަލުކުރާނަން. އިރާދަކުރެއްވިޔާ އަޅުގަނޑު ބުނި ހިސާބުގައި ނިންމާނަން.” ނަޒީހު ބުންޏެވެ. ބުރު ސްޕޯޓްސް އަތުން ބަލިވުމާއެކު ޔޫވީ އޮތީ ތާވަލުގެ ހަތްވަނައިގައި ކުޅުނު 10 މެޗުން ލިބުނު 7 ޕޮއިންޓާއެކުއެވެ. ލީގުގައި ޔޫވީން ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
