
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ލިބުނު ރެކޯޑު މޮޅަކީ ބުރު ސްޕޯޓްސް ކުލަބަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ބުރު ސްޕޯޓްސް މޮޅުވީ ޔޫވީ އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ބުރު ސްޕޯޓްސްއިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން ހޯދި އެންމެ ބޮޑު މޮޅެވެ. އަދި މި މޮޅާއެކު ބުރު ސްޕޯޓްސްއިން ވަނީ މި ފަހަރު ލީގުގައި އެންމެ ތަފާތު ބޮޑު މޮޅު ހޯދާފައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ރިކޯޑާ ހަމަކޮށްފައެވެ. އެ ގޮތުން މާޒިޔާއިން ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުލަބު ގްރީން ސްޓްރީޓްސް އަތުން 9-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ޔޫވީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު “ޕީއެސްއެމް ނިއުސް” އަށް ދިން އިންޓަވިއުއެއްގައި ނިޒާމް ބުނީ މިކަހަލަ މެޗުތަކަށް ގިނަ ފަހަރު ކުޅުންތެރިން ނުކުންނާނީ އެންމެ ފަސޭހަކޮށް ކަމަށާއި، އެގޮތުން ގިނަ ފަހަރަށް ކުޅުންތެރިންނަށް ބެލޭނީ ތާވަލުގައި ދެ ޓީމު އޮތް ފަރަގަށް ކަމަށެވެ. އެކަމަކު ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން އެކަން ފެނިފައިނުވާ ކަމަށާއި، އެ ކުޅުންތެރިން ދެއްކި ޕާފޯމަންސަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް ނިޒާމު ބުންޏެވެ. ޔޫވީއާ ދެކޮޅަށް ކުޅުނު މެޗުގައި މި ފަހަރުގެ ޓްރާންސްފާގައި ބުރު ސްޕޯޓްސްއަށް އަލަށް ގެނައި ބާސެލޯނާގެ ބީ ޓީމަށް ކުރިން ކުޅުނު ސެނެގާލްގެ މިޑްފީލްޑަރު ޑިއަވަންޑޫ ޑިއާނޭ ވަނީ ދެ ލަނޑު ޖަހައިފައެވެ. އޭނާއާ ބެހޭގޮތުން ނިޒާމް ބުނީ ފުރަތަމަ ދުވަހުގެ ތަމްރީނުތަކުން ފަށައިގެން މިހާތަނަށް އައިރު އެ ޓީމުގެ ގޭމު ޕްލޭނަށް އޭނާ ފެތުނުލެއް އަވަސް ކަމަށެވެ. އަދި އެ ޓީމުގެ ކުޅުންތެރިންނާ ގުޅިގެން އޭނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާ ކަމަށްވެސް ކޯޗު ބުންޏެވެ.
“ފުރަތަމަ ދުވަހުގެ ތަމްރީނުތައް ފަށައިގެން އޭނާ ބުނީ ތިމަންނައަށް ވަރަށް ފަސޭހައޭ، ތިމަންނަ އަބަދު ކުޅެމުން އައި ބޯޅައޭ މިއީ. އެހެން ގައުމުތަކަށް ގޮސް ކުރަން ޖެހުނު ތަޖުރިބާއެއް ނޫނޭ މިތާ އައިސް ކުރަން މި ޖެހުނީ. ތިމަންނައަށް ވަރަށް ފަސޭހައޭ މި ޓީމުގައި ތިބި ކުޅުންތެރިންނާއެކު މި ގޭމު ކުޅެން. ވަރަށް އަވަސް އޭނާ އެޑެޕްޓްކުރިލެއް ސްޓައިލް.” ނިޒާމް ބުންޏެވެ. ނިޒާމް ބުނީ ޔޫވީ އަތުން ތަފާތު ބޮޑުކޮށް މޮޅުވި ނަމަވެސް، ދެން ކުރިމަތިލާން ޖެހޭނީ އައު މެޗަކަށް ކަމަށާއި، އެ މެޗަށް ތައްޔާރުވާން ޖެހޭނީ ޔޫވީ މެޗުގައި ފެނިގެންދިޔަ ބައެއް ކަންތައްތައް ރަނގަޅުކޮށްގެން ކަމަށެވެ.
ޔޫވީ އަތުން ހޯދި ތަފާތު ބޮޑު މޮޅާއެކު ބުރު ސްޕޯޓްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި ކުޅުނު 10 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. ލީގުގައި ޔޫވީން ދެން ކުޅޭ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
