
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސްއިން ހޯދީ އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ކިންގްސް ބާސްކެޓްބޯލް ކުލަބު އަތުން 77-74 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރ 23-18 އިން ޓީރެކްސްއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ކުއާޓަރ ކިންގްސްއިން ވަނީ 24-19 އިން ގެންގޮސް ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގެ ތިންވަނަ ކުއާޓަރވެސް ވާދަވެރިކޮށް ފެނިގެންދިޔައިރު، މި ކުއާޓަރ ނިމުނީ 15-15 އިން އެއްވަރުވެގެންނެވެ. އެކަމަކު ޓީރެކްސްއިން ވަނީ ފަހު ކުއާޓަރ 20-17 އިން ގެންގޮސް، ތިން ޕޮއިންޓުގެ ލީޑަކާއެކު މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސްގެ އައިކު އަޙްމަދު މައުރޫފެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މީގެ އިތުރުން މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުއީންސްއިން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި މައިސްޓިކްސް ބާސްކެޓްބޯލް ކުލަބު އަތުން 71-66 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރ 16-13 އިން މައިސްޓިކްސްއިން ކާމިޔާބުކުރި ނަމަވެސް، ދެވަނަ ކުއާޓަރ ކުއީންސްއިން ވަނީ 22-16 އިން ގެންގޮސް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
މި މެޗުގެ ތިންވަނަ ކުއާޓަރ 23-19 އިން ގެންގޮސް މައިސްޓިކްސްއިން ވަނީ އަނެއްކާވެސް ޕޮއިންޓެއްގެ ލީޑެއް ހޯދާފައެވެ. ނަމަވެސް ފަހު ކުއާޓަރގައި ކުއީންސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ 17-11 އިން މި ކުއާޓަރ ގެންގޮސް، ފަސް ޕޮއިންޓުގެ ލީޑަކާއެކު މެޗުން މޮޅުވެފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މައިސްޓިކްސްގެ ސާރާ ޒާޝާ ޒަކަރިއްޔާއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
