
(ފޮޓޯ ކްރެޑިޓްސް: މިހާރު)
ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޕީސީބީގެ ކުއާޓަލީ ރިވިއު ރިޕޯޓުން ދައްކައިފި އެވެ. ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، އާރްޑީސީއަށެވެ. އެ ކުންފުންޏަށް 113 މިލިއަން ރުފިޔާގެ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މިއީ 189 ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ގެއްލުމަކީ 39.35 މިލިއަނެވެ.
ދެވަނައަށް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ، އައިލެންޑް އޭވިއޭޝަނަށެވެ. އެ ކުންފުނީގެ ގެއްލުން 46 މިލިއަން ރުފިޔާއަށް އަރަ އެވެ. ތިން ވަނައަށް އެންމެ ބޮޑު ގެއްލުމެއްވީ ފެނަކައަށެވެ. އެ ކުންފުންޏަށް ވަނީ 33 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެފަ އެވެ. އާރްޑީސީއަށް އެހާ ބޮޑު ގެއްލުމެއް ވީ، އެ ކުންފުނީގެ އެ ކުއާޓާގެ އާމްދަނީ 62 ޕަސެންޓް ދަށްވުމުންނެވެ. މިދިޔަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ.
އައިލެންޑް އޭވިއޭޝަނަށް ދެވަނަ ކުއާޓާގައި ގެއްލުންވެފައިވަނީ އެ ކުންފުނީގެ ހަރަދުތައް އިތުރުވުމުގެ ސަބަބުންނެވެ. އަދި ދަރަނި އަދާކުރުމަށް ކުރި ހޭދަ ވެސް އިތުރުވުމުގެ ސަބަބުންނެވެ. ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ދަރަނި 903 މިލިއަން ރުފިޔާއަށް އަރަ އެވެ. ކުންފުންޏަށް ގެއްލުވި ނަމަވެސް ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ ވަނީ ފަސް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަން ހިންގީ 72 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ. ފުރަތަމަ ކުއާޓާގައި ފެނަކައަށް ގެއްލުވި އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެ 37 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު ފެނަކައަށް ޖުމްލަ 120 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ އަދަދު 22 އަށް އަރާ އިރު ގާތްގަނޑަކަށް 50 ޕަސެންޓް ކުންފުނި ހިންގަނީ ގެއްލުމުގަ އެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުންފުނިތައް:
1. އާރްޑީސީ: 113 މިލިއަން ރުފިޔާ
2. އައިލެންޑް އޭވިއޭޝަން: 46 މިލިއަން ރުފިޔާ
3. ފެނަކަ: 33 މިލިއަން ރުފިޔާ
4. އެމްޓީސީސީ: 20 މިލިއަން ރުފޔާ
5. އައްޑޫ އެއާޕޯޓު: 18 މިލިއަން ރުފިޔާ
6. ފަހި ދިރިއުޅުން: 14 މިލިއަން ރުފިޔާ
އެ ކުންފުނިތަކުގެ އިތުރުން ޕޯސްޓާއި ޕީއެސްއެމް އާއި މޯލްޑިވްސް ފަންޑު މެނޭޖްމެންޓުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ބީސީސީ އާއި ޓްރޭޑްނެޓަށް ވެސް ގެއްލުންވެފައިވެ އެވެ. ދައުލަތުން ކޮންމެ އަހަރަކު ވެސް ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ބޮޑު ހޭދައެއް ކުރެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ވެސް ގާތްގަނޑަކަށް 35،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
