
ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުމުން އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެ އެއާ ހަވާލުވާން އިންކާރުކޮށްފި އެވެ. ފަސިމް ސަހަފް އޮޑަކުންނަތު، 22، ހައްޔަރުކޮށް ބަންދަށް ދެ ދުވަސް އިތުރުކޮށް އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން މިއީ މުޅިން އަލަށް ރާއްޖެ އައި މީހެކެވެ. ގާޒީ އަލީ އާދަމް ނެރުއްވި އަމުރުގައި ބުނެފައިވާ ގޮތުން ޑްރަގް ހުރި ލަގެޖު ގެނައި ކަމަށް ފުލުހުން ބުނާ މީހާ ވަނީ އެ ލަގެޖަކީ އޭނާގެ ޓްރޮލީގައި ހުރި އެއްޗެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ލަގެޖް ހުޅުވީ އޭނާގެ އަތުގައި އޮތް ތަޅުދަނޑިއަކުންކަން މައްސަލަ ތަހުގީގުކުރާ ފަރާތަށް ބުނެދެވިފައި ނުވާ ކަމަށާއި މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަން ނުވަތަ ނޫންކަން ބަލަން ކުޑަކަމުދާ ތަކެތި ވެސް ޓެސްޓު ނުކުރާ ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.
މީގެ އިތުރުން، ރާއްޖެ އައީ ކޮން ވިސާއެއްގައި ކަމެއް ވެސް ފުލުހުން ބުނެދީފައި ނުވާ ކަމަށް އަމުރުގައިވެ އެވެ. ތުހުމަތުކުރެވޭ މީހާގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް އަދި ކޮން ބާވަތެއް ކަމެއް ވެސް އަމުރުން އެނގޭކަށް ނެތެވެ. ރާއްޖޭން ބޭރުން އަންނައިރު މަސްތުވާތަކެތި ހިފައިގެން އަންނަ މީހުން އެ މީހުންގެ ލަގެޖާ ހަވާލުވާން އިންކާރު ކުރުމާއި ގަސްތުގައި ލަގެޖް އޮޅުވާލަން އުޅުން ފަދަ ކަންކަން ކުރުމަކީ އާންމު ކަމެކެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
