
(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހަޔާރ އެޑިޔުކޭޝަން)
އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ގޮފި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ގޮފި ހުޅުއްވައިދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އައްޑޫސިޓީގައި ޤާއިމުކުރި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ގޮފި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ހައިދަރު ވިދާޅުވީ، ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢުގައި އަދާކުރާ ދައުރާ ގުޅިފައިވާ ކަމެއް ކަމަށެވެ. އަދި ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ޒަރިއްޔާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެ ކަމަށެވެ. އަދި ޚާއްޞަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
“ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއ،ި މަޤުޞަދާއ،ި މުޖުތަމަޢަށް ދެވޭ ދައުރާ ގުޅިފައިވާ ކަމެއް. ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ދޭ ކުންފުނިތަކާއ،ި ތަމްރީނު ދޭ މަރުކަޒުތަކާއ،ި ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދެވޭނެ. ޚާއްސަކޮށް އައްޑޫސިޓީގެ ޒުވާނުންނަށ،ް ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނ،ި ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވާނެ.” މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހަޔާރ އެޑިޔުކޭޝަން)
ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ، ޒުވާނުންނަށް ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ. އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ޤާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ ޤާބިލިއްޔަތު އިތުރު ކުރުމަކީވެސް ނޭޝަނަލް ކެރިއަރ ސަރވިސްގެ ބޭނުމެކެވެ. މިގޮތުން، ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދީ، ވަޒީފާއަށް އަހުލުވެރި ކުރުވައި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރުވަނިވި މަސައްކަތްތެރިން ބިނާކުރުމަށް އެން.ސީ.އެސްއިން މުހިންމު ދައުރެއް އަދާކުރެއެވެ.

(ފޮޓޯ ކްރެޑިޓްސް: މިނިސްޓްރީ އޮފް ހަޔާރ އެޑިޔުކޭޝަން)
2024 ވަނަ އަހަރު ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރެވި ކުރަން ފެށި މަސައްކަތުން މިހާރު މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ ޚިދުމަތް ދެމުންނެވެ. މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 14 އަތޮޅެއްގައި ކެރިއަރ ގައިޑެންސް އަދި އެހެނިހެން ސެޝަންތައް ވަނީ ބާއްވާފައެވެ. 2 އަހަރުގެ ތެރޭގައި 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީފައިވާއިރު، 20 ފަރާތަކަށް އެކިކަހަލަ އިންޓާންޝިޕްގެ ފުރުޞަތުތައް ދީފައިވެއެވެ. މިއަދާ ހަމައަށް އައިރު ޖޮބް ސެންޓަރ ޕޯޓަލްގައި ވަޒީފާ ހޯދާ ފަރާތުގެ ގޮތުގައި 8912 މީހުން ރަޖިސްޓްރީވެފައިވާއިރު، ވަޒީފާ ދޭ ފަރާތެއްގެ ގޮތުގައި 4076 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ އިތުރުން މިއަދާ ހަމައަށް 1562 މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
