
އޮސްޓްރޭލިއާގެ މަޝްހޫރު ބޮންޑައި ބީޗްގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލީ ބައްޕައަކާއި އޭނާގެ ދަރިފުޅު ކަމަށް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން ބުނެފި އެވެ. މަރުވި މީހުންގެ އަދަދު 15 އަށް އަރާފައި ވާއިރު މިއީ ޔަހޫދީންނާ ދެކޮޅަށް ދިން ހަމަލާއެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. ހަމަލާ ދީފައިވަނީ ޔަހޫދީންގެ ދީނީ ފެސްޓިވަލެއް ކަމަށްވާ ހަނޫކާ ފާހަގަކުރަމުން ދަނިކޮށެވެ. ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ހަމަލާ ދިނީ އުމުރުން 50 އަހަރުގެ މީހަކާއި އޭނާގެ 24 އަހަރުގެ ފިރިހެން ދަރިފުޅު ނަވީން އަކްރަމް އެވެ. އެ މިއީ ހުއްދަ އޮވެގެން ބަޑި ގެންގުޅޭ އޮސްޓްރޭލިއާ ބައެއް ކަމަށާއި ހަމަލާގެ ތެރޭގައި ބައްޕަ މަރުވެފައި ވާއިރު ދަރިފުޅު ވެސް ވަރަށް ބޮޑަށް ޒަހަމްވެ އޮތީ ސީރިއަސް ހާލަތެއްގަ އެވެ.
އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ މަރުވި އެންމެ ހައްގު ކުއްޖާ ކަމަށް ވާއިރު މަރުވި އެންމެ ދޮށީ މީހާގެ އުމުރަކީ 87 އެވެ. އިތުރު 42 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން ދާއިރު އޭގެ ތެރޭގައި ދެ ފުލުހަކު ވެސް ހިމެނެ އެވެ. ހަމަލާދެމުން ދަނިކޮށް، ހަތިޔާރެއް ނެތް އާންމުންގެ މީހަކު ވަނީ ހަމަލާ ދިން 50 އަހަރުގެ މީހާގެ ފަހަތުން ގޮސް ބައްދައި ވައްޓާލުމަށް ފަހު އެ މީހާގެ ބަޑި އަތުލައިފަ އެވެ. މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ޖެހިލުން ކުޑަ ކަންތައް ކޮށްފައިވަނީ މުސްލިމެކެވެ. އެ މީހާއަށް ވެސް ވަނީ ބަޑީގެ ވަޒަން އަރައި ޒަހަމްވެފަ އެވެ.
މިއީ ޔަހޫދީންނާ ދެކޮޅު އަމަލުތަކާ މެދު ގައުމުތަކުގެ ވެރިން އަޅާނުލުމުގެ ނަތީޖާ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވާހަކަ ދައްކައިފަ އެވެ. ހަމަލާ ކުށްވެރިކޮށް ގައުމުތަކުން ބަޔާން ނެރެމުން ދާއިރު އޭގެ ތެރޭގައި އިޒްރޭލާ އެންމެ ދެކޮޅުވެރި ގައުމުގެ ގޮތުގައި ބެލެވޭ އީރާން ވެސް ހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
