
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެެދުކަނޑައިލާފައިވާ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވި ފަހުން ވެސް އެ ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ. އެ ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމުގެ ގޮތުން ޓްރަމްޕް ވަނީ އެ ދެ ޤައުމުގެ ވެރިންނަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު އަނޫޓީން ޗާންވީރަކޫންއާއި ކެމްބޯޑިޔާގެ ބޮޑުވަޒީރު ހުން މަނޭޓަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު ޓްރަމްޕް ވަނީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެ ދެ ބޭފުޅުން އެއްބަސްވެ ވަޑިގަންނަވާފައިވާ ކަން އިޢުލާނު ކުރައްވާފައެވެ. ނަމަވެސް، އޭގެ ފަހުން ވެސް ދެ ފަރާތުގެ ދެމެދުގައި ވަނީ ވަރުގަދަ ޙަމަލާތަކެއް ބަދަލު ކޮށްފައެވެ. ތައިލެންޑުން ދީފައިވާ ޙަމަލާތަކުގައި އަސްކަރީ މަތިންދާބޯޓުތައް ވެސް ބޭނުން ކޮށްފައިވެއެވެ.
ތައިލެންޑުގެ ވަގުތީ ބޮޑުވަޒީރު އަނޫޓީން ވިދާޅުވީ، ކެމްބޯޑިޔާގެ ކިބައިން ތައިލެންޑުގެ ރައްޔިތުންނަށް އޮތް ނުރައްކާތެރިކަން ފިލައިދަންދެން ހަނގުރާމަ ކުރަމުންދާނެ ކަމުގައެވެ. ޓްރަމްޕާ އެކު ކުރެއްވި މަޝްވަރާތަކަށް ފަހު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ކެމްބޯޑިޔާއިން އެއްބަސްވެފައިވާ ކަން ހުންގެ އޮފީހުން ވެސް ކަށަވަރު ކޮށްދީފައެއް ނެތެވެ. ހުން ވިދާޅުވީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް ތާޢީދު ކުރައްވާ ކަމުގައެވެ.
އިރުދެކުނު އެޝިޔާ ސަރަޙައްދު (އާސިޔާން)ގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ތައިލެންޑާއި ކެމްބޯޑިޔާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް އާސިޔާގެ އޮބްޒަރވަރުންގެ ވަފުދެއް ފޮނުވުމަށް ނިންމާފައިވާ ކަމުގައެވެ. އަދި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒު ކުރެވެމުންދާ ކަން އެ ވަފުދުން ކަށަވަރު ކުރާނެ ކަމަށާއި، އެ ސަރަޙައްދުގެ ހާލަތު އެމެރިކާއިން ސެޓެލައިޓު މެދުވެރިކޮށް ބަލައި، އާސިޔާނާ ހިއްސާ ކުރަމުންދާނެ ކަމުގައެވެ. ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް އޮކްޓޫބަރު މަހު އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވަނީ ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
