
މި މަހު ފަހުކޮޅު ފަށާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ސަބަބުން މެންޗެސްޓާ ޔުނައިޓަށް ގެއްލުންވާނެ ކަމަށް އެ ކުލަބުން ބުނެފި އެވެ. ކޯޗު ރުބެން އަމޮރިމް މިހެން ބުނީ ޔުނައިޓެޑްގެ ވަރަށް މުހިންމު ތިން ކުޅުންތެރިއަކު މި މުބާރާތުގައި ގައުމީ ޓީމަށް ކުޅެން ދާން ޖެހޭތީ އެވެ. އެ ތިން ކުޅުންތެރިންނަކީ ކެމަރޫނުގެ ބަރަޔަން އެމްބުއެމޯ އާއި އައިވަރީ ކޯސްޓްގެ އަމަޑް ޑިއާލޯ އާއި މޮރޮކޯގެ ނޯސައިރް މަޒްރައުއީ އެވެ. “ވަރަށް މުހިންމު ވަގުތެއްގައި ވަރަށް މުހިންމު ކުޅުންތެރިންތަކެއް ޓީމާ ވަކިވުމަކީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް. އަހަރުމެންނަށް މިވަގުތު ވަރަށް މުހިންމު ކުޅުންތެރިންތަކެއް ޓީމާ އެވަކިވަނީ. މީގެ ސަބަބުން ޔުނައިޓެޑް ފަދަ ޓީމުތަކަށް މީގެ ސަބަބުން ވަރަށް ގެއްލުންވާނެ. އެކަމަކު މި މުބާރާތަކީ ވެސް ކުޅުންތެރިންނަށް މުހިންމު މުބާރާތެއް،” އަމޮރިމް ބުންޏެވެ.
އޭނާ ބުނީ މުހިންމު ކުޅުންތެރިންތަކެއް ގެއްލުމުން އެ ކުޅުންތެރިން ނެތްތަން ފޫބައްދަން ޖެހޭނީ ޓީމުގައި އެހެން ކުޅުންތެރިން ބޭނުންކޮށްގެން ކަމަށާއި ނަމަވެސް ކޮންމެ ކުޅުންތެރިއެއްގެ މަގާމު ކުއްލިއަކަށް ފޫބެއްދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. “ޕްރެމިއާ ލީގުގައި އެބަތިބި މި މުބާރާތުގެ އަސަރު ނުކުރާ ޓީމުތައް ވެސް. އަހަރުމެންނަކީ އެންމެ ބޮޑަށް އެފރިކާ ކަޕުގެ އަސަރު ކުރާނެ އެއް ޓީމު. މިއީ ޔުނައިޓެޑް ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް،” ކޯޗު ބުންޏެވެ. ޔުނައިޓެޑް މިވަގުތު އޮތީ 15 މެޗުން 25 ޕޮއިންޓާއެކު ޓޭބަލުގެ އަށް ވަނާގަ އެވެ. އަމޮރިމް ބުނީ ޑިސެމްބަރު ޖެނުއަރީ މަހަކީ ސީޒަނުގެ އެންމެ މުހިންމު ދުވަސްކޮޅު ކަމަށެވެ.
“ސަބަބަކީ މިއީ ސީޒަން އެންމެ ބާރުބޮޑުވާ ވަގުތު. މި ވަގުތު މުހިންމު ކުޅުންތެރިންތަކެއް މަދުވުމަކީ ގެއްލުމެއް. އެކަމަކު މިއާއެކު ކުރިއަށްދާން ޖެހޭނީ،” އަމޮރިމް ބުންޏެވެ. މޮރޮކޯގައި އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތް ފަށާނީ އަންނަ ހަފުތާގަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
