
ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް އެ ކުލަބުގައި މަޑުކޮށްދިނުމަށް އެދި ކެޕްޓަން ވާޖިލް ވެންޑައިކް އެދެފި އެވެ. އޭނާ މިހެން އެދުނީ ސަލާހާއި ކުލަބުގެ މެނޭޖްމަންޓާއި ހާއްސަކޮށް ކޯޗު އާނޭ ސްލޮޓާމެދު ނުތަނަވަސްކަން ބޮޑުވެ، އޭނާގެ ޖަރުބާތުތައް މީޑިއާ އަށް ބޭރުކޮށްލާފައިވަނިކޮށެވެ. “އަހަރެންގެ ޒިންމާ އެއް ކެޕްޓަނެއްގެ ގޮތުން ކުޅުންތެރިން ކުރާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ. އަހަރެން ސަލާހް ކުރެން އެދުނީ އޭނާ ލިވަޕޫލްގައި މަޑުކުރަން. ސަބަބަކީ އޭނާ އަކީ މި ކުލަބުގެ ލީޑަރެއް. އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެން އިތުރަށް އޭނާއާ ދެއްކި ވާހަކަތައް ނުބުނާނަން. މިވަގުތު އޭނާ އެދަނީ އެފްރިކާ ކަޕަށް. އަހަރެން އެދެނީ އޭނާ އަށް ކާމިޔާބު ލިބުން،” ވެންޑައިކް ބުންޏެވެ.
ލިވަޕޫލާއި ސަލާހާ ދެމެދު ޖެހިފައިވާ މައިގަނޑު މައްސަލައަކަށް ވެފައިވަނީ އޭނާ އަށް ފުރަތަމަ 11އިން ޖާގަ ނުދިން މައްސަލަ އެވެ. މިކަމާ ހުރެ ސަލާހް ބުނީ ކޯޗާ އެއްކޮށް ގުޅުން ކެނޑިފައިވާ ކަމަށާއި ފާއިތުވެދިތަ ނުވަ އަހަރު ލިވަޕޫލްގައި އޭނާ ކުރި މަސައްކަތަށް ބަލާއިރު އޭނާ އަކީ ފުރަތަމަ 11އިން ޖާގަ ހޯދަން ވާދަކުރަންޖެހޭ ކުޅުންތެރިއެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން އޭނާ ޓީމުން ބެރު ކުރުމަށްފަހު އަލުން ކޯޗާ ވާހަކަ ދެކެވި އެންމެ ފަހުން ކުޅުނު މެޗުގައި ޓީމުގައި ވަނީ ހިމަނާފަ އެވެ.
ސަލާހްގެ މައްސަލަ ހައްލު ކުރަން ވެންޑައިކް ތެދުވިއިރު ކޯޗާއި ކުޅުންތެރިން ޖެހޭ މައްސަލަތައް ހައްލު ކުރަން އެންމެ އިސްކޮށް މަސައްކަތް ކުރަންޖެހޭ މީހަކީ ކެޕްޓަން ކަމަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން އަދި ކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑް ސްޓީވަން ޖެރާޑް ވަނީ ބުނެފަ އެވެ. ސަލާހް އެފްރިކާ ކަޕަށް ފަހު އަލުން ލިވަޕޫލަށް އަންނާނެކަން ޔަގީނެއް ނޫނެވެ. އޭނާ ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ތިބީ ތައްޔާރަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
