
ސްޕެނިޝް ލަލީގާގައި ރޭ އަލަވޭޒް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ. ރަށުން ބޭރުގައި ރެއާލެ މެޑްރިޑް ކުޅުނު މި މެޗަށް އެ ޓީމު ނިކުތްއިރު އެންމެ ފަހުން އެ ޓީމުން ކުޅުނު މެޗުތަކުގައި އެދެވޭ ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ ކޯޗު ޝަބީ އަލޮންސޯ އަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. ސެލްޓަވީގޯ އަތުން ލަލީގާގައި ކުޅުނު މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުންވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
މި މެޗުގައި ރެއާލް މެޑްރިޑް އިން އަލާވޭޒްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 24 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އޭނާ ޖެހި 17 ވަނަ ލަނޑެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހު ރެއާލް މެޑްރިޑް އާއި އެމްބާޕޭ ގުޅުނު ފަހުން އެ ކްލަބަށް ޖަހައިދިން 70 ވަނަ ލަނޑެވެ. އަލަވޭޒް އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 68 ވަނަ މިނިޓުގައި އެ ޓީމުގެ ކާލޯސް ވިސެންޓޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި މެޗުން ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައިވަނީ މެޗުގެ 76 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ދިން ޕާހަކުން ރޮޑްރިގޯ ކާމިޔާބު ކުރި ލަނޑުންނެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ވަނީ 17 މެޗުން ޖުމްލަ 39 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
