
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުބާއީގައި ބޭއްވި އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ވާދަކުރި ރާއްޖޭގެ ޕެރެ އެތުލީޓުން ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީއިން އެޓީމަށް މަރުޙަބާ ދެންނެވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ނައިބު ރައީސް އަޙްމަދު މުންތަގިމްއެވެ. މީގެ އިތުރުން ކުޅިވަރު ވުޒާރާގެ ބައެއް ބޭފުޅުންވެސް މިޓީމަށް މަރުޙަބާ ދަންނެވުމަށް އެއަރޕޯޓަށްވަނީ ވަޑައިގެންފަވެއެވެ. ރާއްޖޭގެ ޕެރަ އެތުލީޓުންނަށް މަރުޙަބާ ދަންނަވާ ވަޒީރު ވަނީ ޓީމުން ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ. އަދި ކުޅުންތެރިންގެ މި ކާމީޔާބީއަށް މަރުހަބާ ދަންނަވާ ވަޒީރުވަނީ ކުރިޔަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ މުބާރާތްތަކުން ރާއްޖެއަށް އިތުރު ވަނަތައް ގެނެސްދިނުމަށް ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.
އޭޝިއަން ޔޫތު ޕެރަ ގޭމްސްގައި ރާއްޖެއިން ވާދަކުރި މުހައްމަދު ރިޒްހާންވަނީ 12 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާއިން 50 މީޓަރު ފްރީ ސްޓައިލް އިވެންޓުގައި ވާދަކޮށް ރާއްޖެއަށް ލޯ މެޑަލް ހޯދަދީފައެވެ. މިއީ ފެތުމުން ރާއްޖޭގެ ޕެރެ އެތުލީޓަކު ހޯދި ފުރަތަމަ ކާމިޔާބީއެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކޮށްފަވަނީ 4 އެތުލީޓުންނެވެ. އެއީ ފެތުމުގައި ވާދަކުރި 3 ކުއްޖަކާއި އެތުލެޓިކްސްގައި ވާދަކުރި ކުއްޖެކެވެ. މިމަހުގެ 7 އިން 12 އަށް ދުބާއީގެ 8 ސަރަހައްދެއްގައި މިމުބާރާތް ކުރިއަށް ގޮސްފަވާއިރު މިއީ 35 ޤައުމަކުން 1500 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މުބާރާތެކެވެ. މިމުބާރާތުގައި ކުރިއަށް ދިޔައީ 8 ކުޅިވަރު ހިމަނައިގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
