
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހުށަހެޅުން ދޫކޮށްލައި، ކުލަބު އީގަލްސްގެ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) ވިކްޓަރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ. އޭނާ ވިކްޓަރީއަށް ސޮއިކޮށްފައިވަނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ރިޒުވާން ވިކްޓަރީއަށް ސޮއިކުރިކަން އެ ކުލަބުން ހާމަކޮށްފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ އީގަލްސްއަށް ކުޅެފައެވެ. އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ރިޒުވާން ކުޅުނުއިރު، ދެވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.
ރިޒުވާން ވިކްޓަރީއަށް ބަދަލުވިއިރު، މި ފަހަރުގެ ޓްރާންސްފާގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންވެސް ވަނީ ލޯނަކަށް އޭނާގެ ސޮއި ހޯދަން މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. އެކަމަކު އެއްބަސްވުމަކަށް ނާދެވި އޮއްވައި ވިކްޓަރީން ވަނީ ރިޒުވާނާއެކު އެއްބަސްވުމަކަށް އައިސްފައެވެ. ވިކްޓަރީއާ ގުޅުނު ފޯވާޑް ރިޒުވާނަކީ ޤައުމީ ފުޓްބޯޅަ ޓީމުގެވެސް ކުޅުންތެރިއެކެވެ. އީގަލްސްއިން ލޯނު އުސޫލުން ރިޒުވާން ދޫކޮށްލީ މާލީ ގޮތުން ކުލަބަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ އަކީ އީގަލްސްގައި މި ވަގުތު ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މީގެ ކުރިން ސީޒަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމާއި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ ރިޒުވާން ވަނީ އެންމެ ފަހުން ޤައުމީ ފުޓްބޯޅަ ޓީމުން އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ފިލިޕީންސާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކުޅެފައެވެ.
ރިޒުވާންގެ އިތުރުން ވިކްޓަރީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އާއި ސްލޮވާކިއާގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް މިލޯސް ލެޗްނީގެ ސޮއިވެސް ހޯދާފައެވެ. ދިވެރި ޕްރިމިއަރ ލީގުގެ ތާވަލުގެ ހަވަނައިގައި ވިކްޓަރީ އޮތީ 10 މެޗުން ލިބުނު 13 ޕޮއިންޓާއެކުއެވެ. ލީގުގައި ވިކްޓަރީން ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ވާދަވެރި ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
