
ކްލަބު ވެލެންސިއާއަށް އުރުގުއޭގެ މިޑްފީލްޑަރަކާއި ފްރާންސްގެ ފޯވަޑެއް ގެނެސްފިއެވެ. އުރުގުއޭގެ މިޑްފީލްޑަރު މަޓިއަސް މާޓިނޭޒް ވަނީ ދިރާގު ދިވެހި ލީގުގައި ބުރާސްފަތި ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެފައެވެ. އޭނާ އަކީ އިޓަލީގައި މި އަހަރު ކުޅުނު ކުޅުންތެރިއެކެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ އެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ވިދާޅުވީ ޓީމަށް ދެން ގުޅޭނީ ފްރާންސްގެ ފޯވަޑެއް ކަމަށެވެ. އޭނާ އަކީ 32 އަހަރުގެ ފޯވަޑް ސްޓެފަން ބްލަންކެވެ. މި ކުޅުންތެރިޔާ އެންމެ ފަހުން ކުޅުނީ މޮންގޯލިޔާ ލީގުގައެވެ. ކުޅުންތެރިޔާ މާލެ އަންނާނީ މިއަދު ކަމަށް ވެސް ކޯޗު ބުންޏެވެ.
ވެލެންސިއާއިން މި ސީޒަން ފެށީ ސްޕެއިންގެ ފޯވަޑް އަބޫބަކުރު ބޫސާ ސިއްލާ ގޮވައިގެންނެވެ. ނަމަވެސް ރާއްޖެ އައިއިރުވެސް އަނިޔާގައި ހުރި ކުޅުންތެރިޔާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. ވެލެންސިއާއިން ދެން ފޮނުވާލީ އެ ޓީމަށް ކުޅުނު އުޒުބަކިސްތާން ޑިފެންޑަރު ޑަވްރަންބެކެވެ. ލީގުގެ އަށް ވަނައިގައި އޮތް ވެލެންސިއާގައި ބިދޭސީ ހަތަރު ކުޅުންތެރިން އެބަތިއްބެވެ. އެއީ މޯލްޑޯވާ ކީޕަރަކާއި މިސުރުގެ ޑިފެންޑަރު މޫސާ ބަސެލްއެވެ. ވެލެންސިއާ ލީގުގައި ދެން ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
