
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި އަންހެން ޑިވިޝަނުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ސްޕޯޓްސް މިނިސްޓްރީ، ބީއެމްއެލް އަދި ކަސްޓަމުން ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ފެނިގެން ދިޔަ ފުރަތަމަ މެޗަކީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން (އެމްއޯއެސްއެފްއާރް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ސްޕޯޓްސް އެސޯސިއޭޝަން (އެމްއައިބީއެސްއޭ) ބައްދަލުކުރި މެޗެވެ. ވާދަވެރިކޮށް ދިޔަ މިމެޗު އެމްއޯއެސްއެފްއާރްއިން ކާމިޔާބުކޮށްފަވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުން 16-14 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތިމަތު ސާރަތުއެވެ. ދެވަނަ މެޗުގައި ހެލްތު ރެކްރިއޭޝަން ކުލަބާއި ވާދަކޮށް ބީއެމްއެލްއިންވަނީ ފަސޭހަ މޮޅެއްނަގާފައެވެ. މިމެޗު އެޓީމުން ގެންދިޔައީ 60-04 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޒީނާ އަހުމަދުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ހޮނިހިރުދުވަހު ކުޅުނު ފަހު މެޗުގައި ވާދަކުރީ ހޯމް ޓީމާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. މިމެޗު މާބޮޑު ދަތިކަމެއްނެތި 23-10 އިން ކާމިޔާބުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާއިޝަތު ރަނާ ނަސީރުއެވެ. އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު އަންނަނީ ވާދަކުރަމުންނެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އާއި 17 ވަނަ ދުވަހު ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ފައިނަލް މެޗުތައް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އަދި މިމުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
