
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބޮޑު ކަންނެލީގެ މަސްވެރިންނަށް ދިމާވާ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދެއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ފާހަގަކުރެއްވީ ޕްރައިވެޓް ކުންފުނިތަކުން މަސްގަތުމަށްފަހު ފައިސާ ދިނުން ލަސްވުމަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށެވެ. މިކަމަށް ހައްލެއްގެ ގޮތުން ސަރުކާރުގެ ފަރާތުން މަސް ގަނެ، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ނިޒާމެއް ޤާއިމުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަނޑުއޮށްގިރި އަދި ހުޅުމާލޭގައި މަސް ޕްރޮސެސިންގ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއްގެ ގޮތުން އޮޑިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ސިސްޓަމްތައް ހަރުކުރުމަށް 35 ދޯންޏަކަށް ލޯން ދޫކޮށްފައިވާކަމަށާއި އިތުރު 200 ދޯންޏަށް ލޯން ދޫކުރާނެކަން ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރައްވަމުން އެބަ ގެންދެވައެވެ. ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި ތެޔޮ ސްޓޭޝަނެއް ޤާއިމުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމެވެ. މިހާތަނަށް ވެސް މަސްވެރިންނަށް ލުއި ލޯން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން މިހާރު ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
