
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި 866 މިލިޔަން ޑޮލަރު ހުރިއިރު، މިއަހަރުގެ ޖުލައި މަހުން ފެށިގެން ރަސްމީ ރިޒާވް ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވަމުން އަންނަ ކަމަށެވެ. ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު ރަސްމީ ރިޒާވް ވަނީ 0.79 އިންސައްތަ އިތުރުވެފައެވެ. ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް، ކުރު މުއްދަތަށް ދައްކަންޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތައް ވަނީ އިތުރުވެފައެވެ. އޮކްޓޫބަރު ނިޔަލަށް 789.6 މިލިޔަން ޑޮލަރުގެ ކުރު މުއްދަތުގެ އިލްތިޒާމުތައް ހުރިއިރު، ކުރީ މަހު މި އަދަދު ހުރީ 781.7 މިލިޔަން ޑޮލަރުގައެވެ. މިކަމުގެ ސަބަބުން ބޭނުންކުރެވޭ ރިޒާވް ދަށްވެ، އޮކްޓޫބަރު ނިޔަލަށް 193 މިލިޔަން ޑޮލަރަށް ވަނީ ދަށްވެފައެވެ. ސެޕްޓެންބަރު މަހާ އަޅާބަލާއިރު މިއީ 1.4 އިންސައްތަ ދަށްވުމެކެވެ.
ރިޒާވް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިގޮތުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ ރިޒާވަށް ޖަމާކުރުމުގެ އިތުރުން، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށާއި، ބޭންކް އޮފް އިންޑިއާއާ އެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕަކީ ރިޒާވަށް ހެޔޮ ބަދަލެއް ގެނުވި ސަބަބެއް ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. ރާއްޖެއިން އެންމެ ބޮޑު ދަރަނި ދައްކަންޖެހެނީ މި އަހަރާއި އަންނަ އަހަރު ކަމަށްވާތީ، އަންނަ އަހަރު 1 ބިލިޔަން ޑޮލަރަށްވުރެ ގިނަ އަދަދެއް ދައްކަންޖެހޭތީ ރިޒާވް ހަރުދަނާވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
