
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގެ އެއްގަމު ތޮށިވެސް އަލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާތީ، މިހާރު މަސް ދޯނިތައް އަޅާ ސަރަޙައްދުން އުޅަނދުތައް ނެގުމަށް އެމްޕީއެލްއިން އަންގައިފިއެވެ. އެމްޕީއެލްއިން ވިދާޅުވީ، ބަނދަރުގެ އެއްގަމު ތޮށި ހެދުމުގެ މަސައްކަތަށް، ބާޒާރު މަތީ ސަރަޙައްދުގެ ފަޅުތެރެ ހުސްކުރާނީ 3 ބަޔަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ ހުސްކުރުމަށް އަންގާފައިވަނީ މަސް މާރުކޭޓުން ފެށިގެން، 100 މީޓަރުގެ ސަރަޙައްދަށެވެ. އެއީ މިހާރު މަސް މާރުކޭޓު ކުރިމަތިން، މަސް ދޯނިތައް އެޅުމަށް ބޭނުންކުރާ ސަރަޙައްދެވެ. މި ސަރަޙައްދުގައި ހުރި އުޅަނދުތައް މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް، ނެގުމަށް ވަނީ އަންގާފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްތައް 20 ވަނަ ދުވަހު، ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޕީއެލްއިން ވިދާޅުވީ، މި ބަދަލާއެކު ވަގުތީ ގޮތުން، އެމްއެމްއޭ ކުރިމަތިން އޮންނަ ސަރަޙައްދުގައި އެ އުޅަނދުތައް އަޅާފައި ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމަށެވެ. އުޅަނދުފަހަރު އަޅާފައި ބޭއްވޭނެ ސަރަޙައްދުތަކުގައި ފާހަގަތައް ޖަހާފައި ހުންނާނެކަމަށްވެސް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. ސަރުކާރުން އަމާޒުކޮށްފައިވަނީ ބާޒާރު މަތި، މުޅި ސަރަޙައްދުގެ މަސައްކަތް އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށެވެ. ދެވަނަ އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭނީ އަތޮޅުތަކަށް މުދާ އުފުލާ ބޯޓުފަހަރު އަޅަމުންދާ ސަރަޙައްދެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގައި، މާލޭގެ ލޯކަލް މާރުކޭޓުން ފަށައިގެން، ނޯތް ހާބަރާ ހަމައަށް ޖުމްލަ 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅާ ސަމާނީ ފެންވަރަށް ތަރައްޤީކުރެއެވެ. މިހާރު ވަނީ މަގުގެ ޢަމަލީ މަސައްކަތްތައް ސައިޓުގައި ފަށާފައެވެ. މި މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
