
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް)
ބޭނުންވަނީ މަސްވެރިކަމުގެ ސިނާއަތަކީ އަނެއްކާވެސް ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކައް ހެދުންމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތަކީ މީގެކުރިން ހަމައެކަނި ދިވެހިން މަސައްކަތްކުރަމުން ދިޔަ ސިނާއަތެކެވެ. ނަމަވެސް ބައެއް ސަބަބުތަކާއިހެދި މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު މަދުވެ ބިދޭސީ މަސައްކަތްތެރިން ޒަމާނުއްސުރެ ހަމައެކަނި ދިވެހިން ކުރަމުން އައި މި ސިނާއަތުގެ ތެރެއަށްވެސް ވަނީ ވަދެފައެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މިދާއިރާއަށް ދިވެހިން އިތުރުކޮށް ޚާއްސަކޮށް ޒުވާނުން އިތުރުކުރުމަށްޓަކައި ސަރުކަރުން އިތުރަށް ސަމާލުކަން ދެނޭކަމަށެވެ. މި ސިނާއަތުގައި ދިވެހިން އިތުރުކުރުކޮށް މިކަމަށް ހިތްވަރުދިނުމަށް އެކި ކަންކަން ތައާރަފްކުރާނެކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުން ޤައުމީ ފެންވަރެއްގައި ދޭ އިނާމްތައް ދިނުމުގައި ގައުމީ އެކިކަހަލަ އިނާމްތައް ދިނުމުގައިވެސް ގައުމީގޮތުން ފާހަގަކުރެވޭ އެކި ކަންކަން ކުރުމުގައިވެސް ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކަށް ހިތްވަރުދިނުމަށްޓަކައި ސަރުކާރުން ކަންކަން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޖުމްލަކޮށް މަސްދޯނިތަކުގައި އަނބުރާ ދިވެހިންނަށް މަސައްކަތްކުރެވޭގޮތައް ކަންކަން ބަދަލުކުރުމަށްޓަކައި ކުރެވެންހުރި ހުރިހައި ކަމަކަށް ސަރުކާރުން ހިތްވަރުދޭނެކަމަށެވެ.
“އަޅުގަނޑު ބޭނުންވަނީ މި ސިނާއަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކައް އަނެއްކާވެސް ވާން. މިހާރު މި ވެފައިވާގޮތަކީ މަޖުބޫރީ ހާލަތަކުން ދޯނިތަކަށް ބޭރުމީހުން އަރުވަން ޖެހިފައި ތިބޭފުޅުންނަށް ތިވަނީ. މިއީ މަޖުބޫރީ ހާލަތެއް. މިހާލަތުން އަރައިގަނެ އަނެއްކާވެސް ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާއަތަކައް ދޯނިތަކުގައި މަސައްކަތްކުރަނީ ހަމައެކަނި ދިވެހިންނަށް ވުމަކީ އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް. އެކަމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ އެގޮތައް އެކަން ހާސިލްކުރެވޭގޮތައް.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތް ދޫކޮށް މަސްވެރިން ދިޔަ ސަބަބުތައް ސަރުކާރުން މިހާރު ދަނީ ހައްލުކުރަމުންކަމަށެވެ. މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމާއި، ލޯނު ފެސިލިޓީތައް ހޯދައިދިނުމަކީ މީގެތެރެއިން ކުރެއްވި ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތައް ސަރުކާރުން ވެފައިވާ ހުރިހައި ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދިގެންދާނެކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
