
(ފޮޓޯ ކްރެޑިޓްްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 45ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާޢިމީ ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި ބައެއް މައްސަލަތަކަށް މިހާރުވެސް ހައްލު ހޯއްދަވާދެއްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
“މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަމުގައިވާ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން. އެގޮތުން އެދުވަހުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 900 މިލިޔަން ރުފިޔާ ދޫކޮށްފަ. އަދި މުޅި މި 2 އަހަރުގެ ތެރޭގައި މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 1.7 ބިލިޔަން ރުފިޔާ ދޫކޮށްފަ. މިއާއެކު މަސްވެރިކަމަށް އާރޯކަމެއް މިވަނީ ލިބިގެންގޮސްފަ.” މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެެރިކަމަށް ދިމާވެފައިވާ މައްސަލަތަަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ބޮޑު ކަންނެލި މަސްވެރިން ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެއްކަމަކީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުން ކަމަށާއި، މި ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ބޮޑު ކަންނެލި މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މަހަށް އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބެންޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ މަސް ރައްކާކުރެވޭ ކެޕޭސިޓީ ބޮޑުކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު 9،500 ޓަނުގައި ހުރި ނަމަވެސް، މި ސަރުކާރުން މި އަދަދު 25،000 ޓަނަށް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަމާޒު ހާސިލްވެގެންދިއުމާއެކު މަހުގެ ބާޒާރުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މަހުގެ އަގު އެއްކުރެވިގެން ބާނާ މަހަށްބޮޑު ފައިދާއެއް ލިބޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިފްކޯއިން ރާއްޖޭގައި ބާނާ 60 އިންސައްތަ މަސް ގަންނައިރު، މީގެ ތެރެއިން 80 އިންސައްތަ ރޯކޮށް އެކްސްޕޯޓްކުރާ ކަމަށާއި، ބާކީ ބައި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓުކުރަމުންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސް ބަންދުކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމަށްކަމަށާއި އެކަމުގެ ސަބަބުން އެކްސްޕޯޓު އާމްދަނީ 190 މިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސިނާއަތް ސިންދަފާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަަށާއި އެގޮތުން އައު އުފެއްދުންތައް ނެރުމަށް 128 މިލިޔަން ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރެއިން 40 އިންސައްތައި އެހީ ހިލޭ ލިބޭނެކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 27.7 މިލިޔަން ރުފިޔާގެ ލޯނުވެސް ދޫކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޒޯންތަކެއް އެކުލަވާލައި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ކަމަށާއި، މެރިކަލްޗަރ ކޯސްތައްވެސް ކުރިއަށްގެންދާކަމަށެވެ. މީގެ އިތުރުން، އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ހުރިހާ ދޯންޏެއްގައި އާރްއެސްޑަބްލިއު (RSW) ސިސްޓަމްތައް ޤާއިމްކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދޯނިތަކުގައި އެން ގެންގުޅެވޭނެ ނިޒާމު ތިން ދޯނިގައި މިހާރު ޓެސްޓުކޮށްފައިވާ ކަމަށާއި، މަސްވެރިކަމަށް އައު ޖީލެއްގެ އުޅަނދުތައް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
