
(ފޮޓޯ ކްރެޑިޓްސް: މަސްވެރިކަމާއިބެހޭ ވުޒާރާ)
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއްކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ މަސްވެރިންގެ ހުރި ދުވަސްވީ ގިނަ ކަންބޮޑުވުންތައް ހައްލުކުރުމަށް މިވޭތުވެދިޔަ 2 އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ބޭއްވި މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއަކީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދޭނެ މެނިފެސްޓޯއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މަސްވެރިންނާ ބައްދަލުކުރެއްވުން.#RayyithunGaathah #DhuvaafaruVisit#fishermensday2025 pic.twitter.com/RhazIZovqZ
— Ministry of Fisheries and Ocean Resources (@MFORmv) December 13, 2025
“ވަރަށް ގިނަ ކަންކަން އެބަހުރި އަދިވެސް ހައްލުކުރަން. ރައީސްގެ މެނިފެސްޓޯއަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ހުރިހާ މައްސަލައަކަށް ﷲ އިރާދަފުޅުން ހައްލުކުރާނެ މެނިފެސްޓޯއެއް. އަޅުގަނޑުމެން މިދަނީ ކެނޑި ނޭޅި އެމަގުން މަސައްކަތް ކުރަމުން.” ވަޒީރު ވިދާޅުވިއެވެ.3
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް ވުޒާރާއާއި ހިއްސާކުރައްވާކަމަށާއި، އަދި އެކަންކަމަށް ހައްލު ގެނެސްދިނުމަށް މަސައްކަތްކުރައްވަމުންދާކަމަށެވެ. އަދި މިހާރަށްވުރެވެސް މަސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. ރ.ދުވާފަރުގައި ފާހަގަކުރާ މިއަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެރަށަށް ވަޑައިގެން މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކާއެކުވަނީ މަސްވެރިންގެ ފޯރަމް ކުރިއަށްގެންގޮސްފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
