
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ސުލްޙައާއި ހަމަޖެހުން ޤާއިމު ކުރުމަށް ފޮނުވުމަށް ނިންމާފައިވާ ބައިނަލްއަޤްވާމީ ފައުޖާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަހާސިންތާއެއް ބޭއްވުމަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން އިންތިޒާމު ކޮށްގެން ބާއްވާ މަހާސިންތާ އޮންނާނީ ޑިސެންބަރު 16ވަނަ ދުވަހު ޤަޠަރުގެ ވެރިރަށް ދަވްޙާގައެެވެ. އެ ބައްދަލުވުމުގައި 25 ޤައުމެއްގެ އޮފިޝަލުން ބައިވެރިވާނެ ކަމުގައި އެމެރިކާގެ އޮފިޝަލުން ހާމަކުރިއެވެ. ނަމަވެސް، އެއީ ކޮން ޤައުމުތަކެއް ކަން އަދި ސާފެއް ނޫނެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ދަވްޙާ މަހާސިންތާގައި، ޣައްޒާގައި ހަމަޖެހުމާއި ސުލްޙަ ޤާއިމު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ފައުޖުގެ އިންތިޒާމުތައް ވިލަރެސްކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލު ކުރެވޭނެ ކަމުގައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން އެކުލަވައިލި އެއްބަސްވުމެއްގެ ދަށުންނެވެ. ޔަހޫދީންގެ ޤަތުލުޢާންމުގައި ޣައްޒާއިން 70,000ށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
