
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ ޤައުމުތަކުގެ ބޭންކުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ މުއްދަތެއް ނެތް ގޮތެއްގައި ހިފެހެއްޓުމަށް ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުން ފާސްކޮށްފިއެވެ. އީޔޫއިން މި ފިޔަވަޅު އަޅާފައި މި ވަނީ ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅުވައި، އެ ޤައުމަށް ދަތިކުރުމުގެ ގޮތުންނެވެ. އަދި، ޔޫކްރެއިނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޝިޔާގެ މުދަލާއި ފައިސާ ބޭނުން ކުރުމުގެ ނިޔަތުގައެވެ. 2022ވަނަ އަހަރު ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމާ އެކު އީޔޫން ވަނީ ރަޝިޔާގެ މުދަލާއި ފައިސާ ހިފަހައްޓާފައެވެ. އެ ތަކެތީގެ އަގު 246 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ. އެ ތަކެތި މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ފާސްކޮށްފައި މި ވަނީ، މޮސްކޯއާ ގާތް ގުޅުންތަކެއް ބާއްވާ ހަންގެރީއާއި ސްލޮވާކިޔާއަށް، އެ ކަމާ ދެކޮޅު ހެދުމުގެ ފުރުޞަތު ހަނިކުރުމުގެ ގޮތުންނެވެ.
ރަޝިޔާގެ މުދަލާއި ފައިސާ މުއްދަތެއް ނެތް ގޮތުގައި ހިފެހެއްޓުމަށް އީޔޫން ނިންމުމާ އެކު، ޔޫކްރެއިނަށް ލޯނެއް ދޫކުރުމަށް ބެލްޖިޔަމަށް އޮތް ހުރަސްތައް ނެތިގެން ގޮސްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ބެލްޖިޔަމުން ކުރިއަށް އޮތް 2026 އަދި 2027ވަނަ އަހަރަށް ޔޫކްރެއިނަށް 165 ބިލިޔަން ޔޫރޯގެ ލޯނެއް ދޫކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ލޯނަށް ފައިސާ ހޯދާނީ ހިފަހައްޓާފައިވާ ރަޝިޔާގެ މުދަލާއި ފައިސާއިންނެވެ. އީޔޫގެ ނިންމުމަކީ، ޣައިރުޤާނޫނީ ނިންމުމެއްގެ ގޮތުގައި ބަލައި، އެ ކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅުމަށް މޮސްކޯއިން ދަނީ ތައްޔާރުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
